ދިވެހިރާއްޖެ
އިޢުލާން
ކ.ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަނުވާ،އަދި ފޯމް ބާޠިލްވެފައިވާ ފަރާތްތަކުގެ ވަގުތީލިސްޓް ޢާއްމުކުރުން
ކ.ހިންމަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު އިޢުލާން
(IUL) 335-AS/335/2019/53 އާއި ގުޅިގެން ފޯމް ހުށަހަޅާފައިވާ 455 ފަރާތުގެ ތެރެއިން ޝަރުތު ހަމަނުވާ، އަދި ފޯމް ބާޠިލްވެފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއިޢުލާނާއިއެކު، ޢާއްމު ކުރަމެވެ.
ވީމާ ލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޝަކުވާ އެއްހުށަހަޅަން ބޭނުންވާނަމަ، "ކ. ހިންމަފުށިން ދޫކުރާ 100 ގޯއްޗަށް އެދިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯރމް " ފުރުމަށްފަހު 08 މާރޗް 2020 ވާ އާދިއްތަ ދުވަހުގެ ގެ 14:00 ގެ ކުރިން ކައުންސިލް އިދާރާ ހުޅުވާފައިވާ ހުންނަ ރަސްމީގަޑީގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިއިޢުލާނާއި ގުޅިގެން މިނޫން ގޮތަކަށް ހުށަހަޅާ ޝަކުވާ ގޯތިކޮމެޓީން ބަލައި ނުގަންނާނެކަމުގައި ދަންނަވަމެވެ.
ޝަރުތުހަމަނުވާ، އަދި ފޯމް ބާޠިލްވެފައިވާވަގުތީ ލިސްޓްގައިވާ ފަރާތްތަކުން ހުށަހަޅުއްވާ ޝަކުވާތަކަށް 03 ދުވަހުގެ ތެރޭގައި ހިންމަފުށީ ކައުންސިލް އިދާރާއިން ޖަވާބު ލިބިލައްވާނެއެވެ. ފޯމް ހުށަހަޅާފައިވާ ފަރާތް ނޫން އެހެން ފަރާތަކުން ޖަވާބުބަލައި ދުރުވާނަމަ، ފޯމް ހުށަހެޅިފަރާތާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑް ގެންނެވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.