ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓު
ހއ.ދިއްދޫ
ދިވެހިރާއްޖެ.
ނަންބަރު: 01/2020/A10MC
އިޢުލާން
ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓް އަޕްގުރޭޑްކުރުމަށް،ކުރެހުމާއި އެއްގޮތަށް ޢިމާރާތުގެ ކުރިމައްޗައް އިތުރުކުރެވޭ ބައިގެ މަސައްކަތާއި، ޢިމާރާތް މަރާމާތު ކުރުމަށް ކުރަންޖެހޭ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
ހއ.ހޯރަފުށީ މެޖިސްޓްރޭޓްކޯޓް ހިންގުމަށް ލިބިފައިވާ އިމާރާތް އަޕްގްރޭޑްކުރުމަށް އެ އިމާރާތް މަރާމާތުކޮށް ބައި އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗް 2020 (އަންގާރަ) ވަނަ ދުވަހުގެ 12:00 ގައި މަޢުލުމާތުސާފުކުރުމަށް ހއ. ހޯރަފުށީ މެޖިސްޓްރޭޓްކޯޓް، ނުވަތަ، ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓް، ނުވަތަ ޑިޕާޓްމަންޓްއޮފް ޖުޑީޝައަލްއެޑްމިނިސްޓްރޭޝަންއަށް ވަޑައިގެންނެވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 10 މާރިޗް 2020
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 12:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހއ.ހޯރަފުށީ މެޖިސްޓްރޭޓްކޯޓް، ނުވަތަ ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
26 ފެބުރުވަރީ 2020