ދިވެހިރާއްޖެ
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގެ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:
ގދ.ތިނަދޫ ކުނިގޮނޑުގައި ގިނަ ޢަދަދެއްގެ ކުނި ޖަމާވެ، ބޮޑު ކުނިގޮނޑެއް އުފެދިފައިވާތީ މި ރަށުގެ ކުނިގޮނޑު ސާފުކޮށް، ކައުންސިލް އިދާރާއިން އަންގާ ގޮތަކަށް ކުނިތައް ކ.ތިލަފުއްޓަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 03 މާރޗް 2020  | 
 އަންގާރަ  | 
 13:00 (މެންދުރު)  | 
 ގދ. ތިނަދޫ ކައުންސިލްގެ އިދާރާ  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 12 މާރޗް 2020  | 
 ބުރާސްފަތި  | 
 13:00 (މެންދުރު)  | 
 ގދ. ތިނަދޫ ކައުންސިލްގެ އިދާރާ  | 
މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.