މަސައްކަތް
ނަންބަރު: (IUL)468-U01/468/2020/34
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 15 މާރިޗު 2020 11:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ުނި ގޮނޑު ހުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މިއިދާރާއިން ކޮށްފައިވާ ނަމްބަރ (IUL)468-U01/468/2020/13 (23 ޖަނަވަރީ 2020) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠީލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 

1. މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، 27 ފެބްރުއަރީ 2020 އިން ފެށިގެން މި ކައުންސިލުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

2. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 08  މާރިޗް 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

މިބީލަމުގައި ބައިވެރިވުމަށް ( 1,500 ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ ޔޫއެސް.ޑީ 100.00 ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 27 ފެބުރުވަރީ 2020 އިން 08 މާރިޗު 2020 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް މި ކައުންސިލުންނެވެ.

3. ބީލަން ހުޅުވުން އޮންނާނީ  15 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ 11:00ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

     

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862829، 6862828، 6862830

އީމެއިލް: [email protected]

 

25 ފެބުރުވަރީ 2020