ދިވެހިރާއްޖެ
އޭސީތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެ
ހުޅުމާލެ، ފިޔަވަތީގައި ބެހެއްޓިފައިވާ އޭ.ސީ ތައް، ފިޔަވަތިން އަންގާ ގޮތެއްގެ މަތިން 1 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ފިޔަވަތިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި ފިޔަވަތީގެ އޭސީތައް، 1 އަހަރު ދުވަހުގެ މުއްދަތައް ސަރވިސްކޮށް ބަލަހައްޓިދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހުޅުމާލެ، ފިޔަވަތިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ފިޔަވަތިން ޙަވާލުކުރާ މަޢުލޫމާތު ޝީޓުގައިވާ ގޮތުގެ މަތިން ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަން |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ފިޔަވަތި ، ހުޅުމާލެ |
04 މާރޗް 2020 (ބުދަދުވަސް) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުމަށް |
ފިޔަވަތި ، ހުޅުމާލެ |
11 މާރޗް 2020 (ބުދަދުވަސް) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3027622 ނުވަތަ 3027614 އާއި ގުޅުއްވުން އެދެމެވެ.