ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ތިރީގައި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
ބޭނުންވާ ޢަދަދު: |
01 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
|
މަޤާމުގެ ރޭންކް: |
ޖީ.އެސް.4 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
ވަޒިފާއަދާ ކުރަންޖެހޭ ތަން: |
އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން- ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ |
|
އަސާސީ މުސާރަ: |
5,020.00ރ |
|
ސަރވިސް އެލަވަންސް: |
1,500.00 ރ |
|
އެހެނިހެން އެލަވަންސް: |
އެކްސްކްލޫސިވް ޖޮބް އެލަވަންސް: |
އަސާސީ މުސާރައިގެ 35% (ތިރީސް ފަސް އިންސައްތަ) |
ލިވިންގ އެލަވަންސް: |
3,000.00ރ (ޕްރޮބޭޝަނަށް ފަހު) |
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ. |
||
މަޤާމުގެ އަސާސީ ޝަރުތު: |
މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން. ނުވަތަ މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ދައްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން. ނުވަތަ ސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
އެހެނިހެން މަޢުލޫމާތު: |
މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:
ތަޢުލީމީ ރޮނގުތައް:
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. އޮތޯރިޓީގެ ބޯޑު ބައްދަލުވުންތައް ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ރާވާ ހިންގުމާއި، ބޯޑު ބައްދަލުވުމުގެ އެޖެންޑާއާއި ހާޟިރީ އަދި ޔައުމިއްޔާއާއި އެންމެހައި ލިޔެކިޔުންތައް ވަކި ތަރުތީބަކުން ބެލެހެއްޓުން. 2. ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ސީއީއޯ ކަނޑައަޅާގޮތެއްގެ މަތިން ސެކްޝަންތަކާއި ހިއްސާކޮށް، ހަވާލުކުރެވޭ މަސައްކަތް އެއްތަނަކުން ބެލޭނެ ނިޒާމެއްގާއިމްކޮށް ބެލެހެއްޓުން. 3. ބޯޑުން ނިންމާ ނިންމުންތަކުގެ އަސްލު ލިޔެކިޔުން ބަލަހައްޓައި، ނިންމާ ގަވާއިދުތަކާއި އުސޫލުތަކާއި ނިންމުންތަކުގެ ތަރުތީބު ބަލަހައްޓާ ޝާއިއުކުރުމުގެ މަސައްކަތްކޮށް، ލިޔެކިޔުން ފުރިހަމަކޮށް ފައިލްކުރުން. 4. ބޯޑު މެންބަރުންނާއި ސީއީއޯ ދަތުރުކުރަން ޖެހޭ ދަތުރުތަކުގެ އެންމެހާ ކަންކަން ހަމަޖައްސުން. 5. ސީއީއޯގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި، އޮތޯރިޓީގެ ބޯޑު މެންބަރުންނާއި ސީއީއޯ އަދި އޮތޯރިޓީގެ ޑިވިޝަންތަކުގެ ހެޑުންގެ އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުމާއި، އެބޭފުޅުން ބައިވެރިވާ ބައްދަލުވުންތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 6. ބޯޑު މެންބަރުނާއި ސީއީއޯ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވާ ޖަލްސާތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް، އެކި މުނާސަބާތަކާ ގުޅިގެން އޮތޯރިޓީން ފޮނުވަންޖެހޭ ތަހުނިޔާ، ކާޑު، ލިޔުންފަދަ ތަކެތި ފޮނުވުން. 7. ސްޓްރެޓެޖިކް ޕްލޭނިންގ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 8. އޮތޯރިޓީގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި، ޔައުމިއްޔާތައް ލިޔެ ބަލަހައްޓައި، މި ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންތައްތައް ބެލެހެއްޓޭނެ ނިޒާމެއްގާއިމްކޮށް ބެލެހެއްޓުން. 9. އޮތޯރިޓީ ތަމްސީލްކުރަންޖެހޭ ކޮމިޓީތަކަށް މީހުން އައްޔަންކުރުމުގެ މަސައްކަތް ވިލަރެސްކޮށް، ކޮމިޓީތަކުގައި ހިމެނޭ ބޭފުޅުންގެ ދަފްތަރު ބަލަހައްޓައި އެކޮމެޓީތަކުގައި މަޝްވަރާކުރެވޭ ކަންތައްތަކުގެ ޚުލާސާ ސީ.އީ.އޯ އާއި ހިއްސާކުރުން. 10. ޖެމްސް ރިޕޯޓް މަހަކު އެއްފަހަރު ޖެނެރޭޓްކޮށް ސީނިއަރ މެނޭޖްމެންޓް ބައްދަލުވުމުގައި މަޝްވަރާކުރުމުގެ އިންތިޒާމް ހަމަޖައްސާ، ޖެމްސް ރިޕޯޓްގައި އެސައިން ކުރެވިފައިވާ ބޮޑެތި އުސޫލީ އަދި ސިޔާސަތާއި ގުޅޭ މައްސަލަތައް ޑިވިޝަން ހެޑުންގެ ޓާސްކް ލިސްޓަށް ނަގާ މަސައްކަތް ކުރިޔަށްދާ މިންވަރު ސްޓްރެޖެޓިކް ޕްލޭނިންގ ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުން. 11. ޑިވިޝަން ހެޑުންގެ ޓާސްކްލިސްޓާއި، ބޯޑުގެ ނިންމުންތައް ތަންފީޒުވަމުން ދާމިންވަރު ގަވާއިދުން ބަލައި އެމަޢުލޫމާތު ސީ.އީ.އޯއާއި ހިއްސާކުރުން. 12. އޮފީހުގެ ކަންކަން ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ޙަރަކާތްތެރިވުމާއި، އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުން. 13. ކަނޑައެޅޭ ތާވަލާއި އެއްގޮތައް އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކުރުން. 14. މިނޫންވެސް އޮފީހުން ހަވާލުކުރެވޭ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
ނޯޓް:
|
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަމްރީން: 40% - މަސައްކަތު ތަޖުރިބާ: 12% - ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48%
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
|
އިތުރު މަޢުލޫމާތު: |
|