ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-65-A/2020/48
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 09 މާރިޗު 2020 13:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( ކޮންޓްރެކްޓް ވޮޗަރ )

އިޢުލާން

 

1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ވޮޗަރުން ހޯދުމަށް ބޭނުންވެއްޖެ

 

ވވަޒީފާގެ ފުރުޞަތުު

ނަންބަރ : 014/2020A/IUL/-65-GS

ތާރީޚު : 24 ފެބުރުވަރީ 2020

މަޤާމު :

ވޮޗަރ

ގިންތި:

ކޮންޓްރެކްޓު (ކޮންޓްރެކްޓު ކުރެވޭ ތާރީޚުން ފެށިގެން 01 އަހަރުދުވަހުގެ މުއްދަތަށް)

ބޭނުންވާ ޢަދަދު:

03

މަޤާމް އޮތް އޮފީސް:

ވިލުފުށީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވިލުފުށީ ސްކޫލު / ތ.ވިލުފުށި

މުސާރަ:

 މަހަކު -/5000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.  ސްކޫލްގެ އިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ މުދަލާއި ގޯތިތެރެޔާއި ގޯތިވަށައިގެންވާ މަގުތައް ބެލެހެއްޓުން

2. އެދުވަހަކު ސްކޫލް ބަންދުކުރުމުން ސްކޫލްގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަންހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލާފައިތޯ ޗެކްކުރަންވާނެއެވެ. މިގޮތުން ސްކޫލްބަންދު ގަޑީގައި ކަމާނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް ސްކޫލްތެރެއަށް ވައްދައިގެން ނުވާނެއެވެ.

3. ނުރަސްމީ ގަޑީގައި ސްކޫލަށް ވަދެނިކުމެވާ މީހުން ލޮގުކޮށް، ރެކޯރޑް ބެލެހެއްޓުން.

4. ސްކޫލް ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަށް ސްކޫލްގެ ކަމާބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ޙައްލުކުރުން.

5. ބަންދު ގަޑީގައި ސްކޫލުން ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި، އެހެން މީހުން ސްކޫލްގެ ގޯތިތެރެއަށާއި އިމާރާތަށް ވަނުން މަނާކުރުން.

6. ސްކޫލްގައި އޯލެވެލް / އޭލެވެލް އިމްތިޙާނު އޮންނަ ދުވަސްވަރު ޑިޕާރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިޙާން ކަރުދާސް ބަހައްޓާ "ރައްކާތެރި ކޮޓަރި" ގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުން.

7. ސްކޫލްގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިޙުތިފާލުތަކާއި ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި ސެކިއުރިޓީ ބެލެހެއްޓުން.

8. ރަސްމީ ބަންދުނޫން ކިޔެވުން އޮންނަ ކޮންމެދުވަހެއްގެ މެންދުރުފަހު 3:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށް ( ޖުމްލަ 17 ގަޑިއިރު )، ރަސްމީ ބަންދުނޫން ކިޔެވުން ނޯންނަ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށް ( ޖުމްލަ 18 ގަޑިއިރު )، ރަސްމީ ބަންދު ދުވަސްތަކުގައި އަދި އޯލެވެލް ޕޭޕަރުތައް ގެންނަ ދުވަހުން ފެށިގެން ޕޭޕަރުތައް ސްކޫލުން ގެންދިއުމާއި ހަމައަށް 24 ގަޑިއިރު ޑިއުޓީކުރުން.

9. ބަންދު ދުވަސް ދުވަހު ގޮނޑި، ޑެސްކު ފަދަ ތަކެތި އަވީގައި ނުވަތަ ވާރޭގެ ތެރޭގައި ހުރިނަމަ ހިޔަލަށް ލައިދޭން ވާނެއެވެ. އަދި ސްކޫލްގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި އިޙުތިފާލްތަކާއި، ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަމާ އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އަންގާ ގޮތެއްގެ ސެކިއުރިޓީ ބެލެހެއްޓުން.

10. ކުއްލިއަކަށް ދިމާވާ ކަންކަމުގައި ސްކޫލުން އަންގައިފިނަމަ ނުކުތުން.

11. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.

12. އިދާރާގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ، ގަސް ކޮށައި ބެލެހެއްޓުމުގައި ވީވަރަކުން އެހީތެރިވެދިނުމާއި، އިދާރާގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތްކުރުން.

13. ސްކޫލްގައި ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

14. ބަންދު ގަޑީގައި ސްކޫލުން ބޭރަށް ގެންދާ ތަކެއްޗާއި، ބޭރުން އެތެރެއަށް ވައްދާ ތަކެތި ސްކޫލުން އަންގާ ގޮތެއްގެ މަތިން ރެކޯރޑްކޮށް ލޮގްކޮށް ބެލެހެއްޓުން.

15. ޑިއުޓީގައި ތިއްބަވާ ވަގުތުތަކުގައި ސްކޫލުން އެދިލައްވާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރު ލެއްވުން ދެއްވާން ވާނެއެވެ.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުމާއި އެކު ފުރިހަމަ ސިއްހަތެއްގައި ހުރި ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭނެ މީހަކަށްވުން އަދި އުމުރުން 18 (އަށާރަ) އަހަރުންމަތީ، 65 ( ފަސްދޮޅަސް ފަސް ) އަހަރުން ދަށުގެ ދިވެހި ރައްޔިތެއްކަމުގައި ވުން.

ނޯޓް: ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގް ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

  1. އަޙުލާޤީ ގޮތުން ސްކޫލްތަކުގައި މަސައްކަތްކުރުމަށް އެކަށީގެންވާ މީހަކުކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޤާނޫނީ ނުވަތަ ޝަރުޢީ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ އަދި މަސްތުވާ ތަކެތީގެ މައްސަލައެއްގައި ނުވަތަ ބަދުއަޚްލާޤީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ އެއްވެސް މީހަކު މިކަމުގައި ނުވުން.
  2. ދުވާލަކު 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހޭ ރަސްމީ އެހެން ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްކަމުގައި ނުވުން.

މަޤާމަށް މީހުން ނެގުމަށް ބަލާނެ މިންގަނޑު

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ : %30
  2. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަން ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު / ޕްރެކްޓިކަލް : %70

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު).

3 - ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4  މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުމަށް ހުށައަޅާ ލިޔުންތަކުގެ ކޮޕީ.

5 - ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ވިލުފުށީ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 09 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ތ.ވިލުފުށީ ސްކޫލު އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ

 ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 މާރިޗު 2020 އާއި 19 މާރިޗު 2020 އާ ދެމެދު، ތ.ވިލުފުށީ ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7940633 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނި  [email protected]  އަށެވެ.

30 ޖުމާދަލްއާޚިރާ 1441

24 ފެބުރުއަރީ 2020

24 ފެބުރުވަރީ 2020