ދިވެހިރާއްޖެ
މަޤާމު: |
ސީނިއަރ އެޓާރނީ |
ރޭންކު: |
CSC5-1 |
ކްލެސިފިކޭޝަން: |
ސީ.އެސް.ސީ ޕްރޮފެޝަނަލްސް |
ޑިވިޜަން/ސެކްޝަން: |
އެމްޕްލޯއީ ރިލޭޝަންސް (ލިޓިގޭޝަން އެންޑް ރެގިއުލޭޝަންސް) |
ޑިވިޜަނުގެ މައިގަނޑު މަސައްކަތް: |
ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުމާއި މައްސަލަތައް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި ނިންމުން |
މުސާރަ: |
މަހަކު -/12460 ރުފިޔާ |
ސަރވިސް އެލަވަންސް: |
ހާޟިރުވާ ދުވަހަކަށް -/150 ރުފިޔާ |
ކޮމިޝަން އެލަވަންސް: |
މަހަކު 4361.00 ރުފިޔާ (އަސާސީ މުސާރައިގެ %35) |
އޯވަރޓައިމް އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ގިންތި: |
ދާއިމީ |
އަސާސީ ޝަރުތު: |
ޤާނޫނީ ރޮގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ، ޤާނޫނީ ރޮގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. އެމްޕްލޯއީ ރިލޭޝަން ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރުމާއި، އެކަމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން. 2. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ތަޙުޤީޤު ކުރަންޖެހޭ މައްސަލަތައް ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެހެން މުވައްޒަފުން ލައްވާ އެކަންތައްތައް ކުރުވުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން. 3. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި، ގުޅިގެން ޓީމެއްގެ ގޮތުގައި ޤާނޫނީ ލަފާދޭންޖެހޭ ކަންކަމުގައި އިސްދައުރެއް އަދާކުރުން. 4. ކޮމިޝަނުން ދަޢުވާކުރާ އަދި ކޮމިޝަނަށް ދަޢުވާ ރައްދުވާ މައްސަލަތަކުގައި ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކޮމިޝަން ތަމްސީލުކުރުމާއި، އެ ކަންތައްތައް ރޭވުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވެދިނުން. 5. ކޮމިޝަނަށް ރައްދުވާ ގޮތަށް ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަންތައްތައް ރޭވުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން. 6. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައި ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައިނުވާ މައްސަލަތަކާއި، ސީދާ ކޮމިޝަނަށް ހުށަހަޅައިގެން ނިންމަންޖެހޭ އެންމެހައި މައްސަލަތަކުގައި އެކަންކަން ދިރާސާކޮށް ކޮމިޝަނަށް ހުށަހަޅައިގެން ގޮތްތަކެއް ނިންމުން. 7. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތަކުގެ އަލީގައި އެކުލަވާލަންޖެހޭ ޑްރާފްޓްތައް އެކުލަވާލުމާއި، އެ އިޞްލާހުތައް ކޮމިޝަނަށް ހުށަހަޅައި އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުން. 8. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އަދި އެނޫންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ކޮމިޝަނުގެ މަޤްޞަދު ހާސިލްކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން. 9. އެމްޕްލޯއީ ރިލޭޝަން ސެކްޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވި ކުރެވިދާނެ ގޮތްތައް ދެނެގަނެ، އެކަން ކަމުގެ ލަފާދިނުމާއި، އެ ކަންކަން ތަންޒީފު ކުރުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން. 10. ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން. |
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: |
2020 މާރިޗު 03 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2020 މާރިޗު 04 ން 2020 މާރިޗު 24 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. |
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން |
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307356 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ. |