ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތ. ގުރައިދޫ މަސްޖިދުއްސަމާހާ މިސްކިތާއި މަސްޖިދުއްތަޢާވުން މިސްކިތުގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު، ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނޭފަދަ ޞައްޙަ ސިޓީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު، ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
| 
 
 
  | 
 ތާރީޚް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރައްވަންޖެހޭ  | 
 02/03/2020  | 
 10:00  | 
| 
 އަގު ހުށަހަޅުއްވަންޖެހޭ  | 
 08/03/2020  | 
 10:00  | 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.