ދިވެހިރާއްޖެ
މިރަށު މަސްޖިދުލްފުރުޤާން މިސްކިތުގައި 1441 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރ (IUL)417-CA/417/2020/7 އިޢުލާން އަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލް އިދާރާއަށް ޙާފިޡަކު ހަމަޖައްސަވައި ދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2020 މާރޗް 01 ވަނަ ދުވަހުގެ 13:15 ގެ ކުރިން އަންދާސީ ހިސާބު (ކޯޓޭޝަން) މިކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް މެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރަށް ޙަވާލުކޮށްދެއްވުން އެދެމެވެ. އީމެއިލް ފޮނުވުމަށްފަހު މިއިދާރާގެ ފޯން ނަންބަރު 6840015 އަށް ގުޅުއްވައި އެކަން އެންގެވުން އެދެމެވެ.
މަޢުލޫމާތު:
- · ޙާފިޡް ވާންޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޡް ކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
- · ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމްގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
- · 2020 އެޕްރީލް 23 ވަނަ ދުވަހުގެ ކުރިން ޙާފިޡް ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ. އަދި ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު ގިނަވެގެން 03 ދުވަހުގެ ތެރޭގައި ޙާފިޡް ހޯޑެއްދޫއިން ފުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
- · ޙާފިޡް ހޯނޑެއްދޫ އަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ހުރިހާ ދަތުރުތަކުގެ ޚަރަދުތައް ކުރަންޖެހޭނީ ޙާފިޡް ގެނެސްދޭ ފަރާތުންނެވެ.
- · ޙާފިޡް ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލްގެ ފަރާތުންނެވެ.
ޕޮއިންޓް ދެވޭނެ މިންގަނޑު
- ހުށަހަޅާ އަގަށް 90 މާކްސް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)
- ތަޖުރިބާއަށް 10 މާކްސް (އެންމެ ގިނަ ތަޖުރިބާގެ ލިޔުންތައް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.