މަސައްކަތް
ނަންބަރު: (IUL)290-ADMIN/290/2020/16
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 02 މާރިޗު 2020 13:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރު މަސްޖިދުލް ނޫރު މިސްކިތުގެ އޭ.ސީތައް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

މިރަށު މަސްޖިދުލް ނޫރު މިސްކިތުގެ އޭ.ސީތައް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

މިރަށު މަސްޖިދުލްނޫރު މިސްކިތުގައި ހުރި 24000 BTU ގެ 8 އޭ.ސީ، އިންޑޯރ އަދި އައުޓްޑޯރ ޔުނިޓާއި އެކު ސާރވިސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން 02 މާރޗް 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު، ސިޓީ އުރައިގައި ބަންދު ކުރުމަށްފަހު، މަސްޖިދުލް ނޫރު މިސްކިތުގެ އޭ.ސީ ތައް ސާރވިސް ކުރުމަށް އެދި، މިގޮތައް ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަން ވާނެއެވެ. މި މަސައްކަތުގެ ބީލަން އެވޯޑް ކުރުމުގައި އިސްކަންދެވޭނީ އެންމެ ކުޑަ އަގަކާއި، އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

ވީމާ މިކަން އާންމު ކޮން އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.

23 ފެބުރުއަރީ 2020   

23 ފެބުރުވަރީ 2020