ދިވެހިރާއްޖެ
ޙާފިޡުން ހޯދުން:
1441 ވަނަ އަހަރުގެ ރަމަޟާންމަހު ފ. ނިލަންދޫ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ދިވެހި ޙާފިޡުން ހޯދުމަށް ކުރި، ނަންބަރު: (IUL)374-A/374/2020/17 (10 ފެބުރުވަރީ 2020) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވުމުން، އެމަސައްކަތަށް މީހުން ހޯދުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ބޭނުންވާ ޢަދަދު: 02
މުސާރަ: އިމާމުވެ ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް -/500 ރުފިޔާ
ޝަރުތު: ޙާފިޡުކަމުގެ ސަނަދު ލިބިފައިވުމާއިއެކު އިމާމުކަމުގެ ސަނަދު ނުވަތަ އެއާއި އެއްފެންވަރުގެ އެހެންސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީއާއެކު 2020 މާރިޗު 02 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
29 ޖުމާދަލްއާޚިރާ 1441
23 ފެބުރުވަރީ 2020