ދިވެހިރާއްޖެ
ފޮއްދޫ ކައުންސިލް އިދާރާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި މިއިދާރާއިން ގެ ނަންބަރ:(IUL)296/296/2020/4
އަށް އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތާ ބެހޭ މައުލޫމާތު ސާފު ކޮށްދިނުން އޮންނާނީ 25 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 1.00ގައި މި އިދާރާގައެވެ. އަގު ހުށައަޅުއްވާނީ 04މާރިޗް 2020ވާ ބުދަ ދުވަހުގެ މެންދުރު ފަހު 1.00ށް މިއިދާރާއަށެވެ. މިމަސައްކަތްކުރުމަށް ބިޑް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014 ގެ) ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.