ދިވެހިރާއްޖެ
އިޢުލާން
ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިޔުންނާއި ބައްދަލު ކުރުމާއި ގުޅޭ:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ރަށުކައުންސިލުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފެބްރުއަރީ މަހު ބޭއްވުމަށް ލާޒިމްކުރާ ޢާންމު ބައްދަލުވުން 2020 ފެބްރުވަރީ 28 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ރަށުކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، ރަށުކައުންސިލުން ރަށުގެ އިޢްޒަތްތެރި ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ. މި ބައްދަލުވުމުގެ އެޖެންޑާ މި އިޢުލާނާއެކު ޢާންމުކުރެވިފައި ވާނެއެވެ.
ބައްދަލުވުން އޮންނަ ތާރީޚް: 28 ފެބްރުއަރީ 2020 (ހުކުރު)
ތަން: އޯކިޑްވިލާ (ރަށްވެހިގެ)
ފާށާ ގަޑި: 20:30 (ރޭގަނޑު)
ނިންމާ ގަޑި: 21:30
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ހޯރަފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު: (IUL)247-CA/247/2020/24 އިޢުލާނުގައި ބުނެފައިވާ ރަށުކައުންސިލުން ރަށުގެ ރައްޔިތުންނާއި، ބައްދަލުކުރުމަށް ބާއްވާ ޢާއްމު ބައްދަލުވުމުގެ އެޖެންޑާ:
އެޖެންޑާ |
އެޖެންޑާ އައިޓަމްގެ ނަން |
ހުށަހަޅައިދޭ ފަރާތް |
ހޭދަވާނެކަމަށް ލަފާކުރެވޭ ވަގުތު |
01 |
ކީރިތި ޤްރުއާންގެ ބަރަކާތުން ޖަލްސާ ފައްޓަވައިދެއްވުން. |
ހޯރަފުށީ ކައުންސިލް އިދާރާގެ އިމާމް އަލްފާޟިލް އިބްރާހީމް އާމިރު |
05 މިނެޓް |
02 |
މަރުޙަބާ ދެންނެވުމާއި، ތަޢާރަފް ކޮށްދެއްވުން. |
ހޯރަފުށީ ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް އިބްރާހީމް ޝާކިރު |
05 މިނެޓް |
03 |
ހޯރަފުށީ ކައުންސިލްގެ ފާއިތުވެ އަހަރުގެ އަހަރީ ރިޕޯރޓާއި، ކައުންސިލް ނިންމުންތަކުގެ މަޢުލޫމާތު ޢާންމުކުރުން. |
ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދު |
15 މިނެޓް |
04 |
2020 ވަނަ އަހަރުގައި ކައުންސިލްއާއި ސަރުކާރާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި، އަދި ކުރުމަށް ރާވާފައިވާކަންކަން ޙިއްސާކޮށް އެކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުން. |
20 މިނެޓް |
|
05 |
ރައްޔިތުންގެ ޙިޔާލު ފާޅުކުރުން. |
ރައްޔިތުން |
15 މިނެޓް |
26 ޖުމާދަލްއާޙިރާ 1441