ދިވެހިރާއްޖެ
24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ސޯޝަލްސެންޓަރ ސެމިނާރ ރޫމްގައި ބޭއްވުމަށް ކުރިން ތާވަލް ކުރެވިފައިވާ މިއެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖހިފައިވަނީ ހެންވޭރު ބޯޅަގެ ސެމިނަރ ރޫމްގައިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިޖަލްސާގައި އެސޯސިއޭޝަން އައު ދައުރަކަށް އިންތިހާބުކުރުން އޮންނާނެއެވެ. 20 ޖަނަވަރީ 2020 ވީ ހޯމަ ދުވަހު ކުރެވުނު މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު: BAM/IUL/2020/07 އަށް 03 ފެބްރުއަރީ 2020 ވީ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް މުއްދަތު ހަމަވިއިރު ކޮށްފައިވާ އިޢުލާން އާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މަޤާމުތަކަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ:
- އެސޯސިއޭޝަންގެ ރައީސް
މޫސާ ނާޝިދު، (A052999)/ މ.އަނޯނާގެ
- އެސޯސިއޭޝަންގެ ނާއިބު ރައީސް
އަޙުމަދު ޝާކިރު މޫސާ، (A054276)/ ދަފްތަރު 1395
- އެސޯސިއޭޝަންގެ ހަޒާންދާރު
މުޙައްމަދު ރިޝާން، (A001579)/ ގ.ސަންތަރާގެ
- އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު
ޙުސައިން އާތިފް، (A022533)/ މ.އާރު
- އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރ
އަހުމަދު ސިރާޖު(A038024) / ގ.ގާރނެޓް
- އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރ
ސިޔާދު ޙަބީބު (A075798) ހ.ލަކީ
- އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު
މުރުޝިދާ އަބްދުލް މައްނާން (A033590) / ގ.ރަސްތަރި
މި ޖަލްސާގައި ބައިވެރިވެ ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިނޑިވިޖުއަލް):
- ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) ގެ ތެރެއިން މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2020/07 ގައިވާގޮތަށް 02 ފެބްރުއަރީ 2020 ގެ ނިޔަލަށް 2019 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2020 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރ އަދި މެމްބަރުންގެ ފުރިހަމަ ލިސްޓް ހުށައަޅާފައިވަނީ ހަމައެކަނި 1 (އެކެއް) ފުރިހަމަ މެމްބަރު (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) އެވެ.
- ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
- ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ތެރެއިން، މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2020/07 އިޢުލާންގައިވާ ގޮތަށް ރަޖިސްޓްރީ ވެފައިވާ،02 ފެބްރުއަރީ 2020 ގެ ނިޔަލަށް 2020 ވަނަ އަހަރަށް ފީ ދައްކާފައިވާ 18 އަހަރު ފުރިފައިވާ ޝަރުތު ހަމަވާ މެމްބަރުންގެ ޖުމްލަ އަދަދަކީ 46 ފަރުދީ މެމްބަރުން. (ލިސްޓް އެއްކަރުދާސް ކުރެވިފައި)
- އެސޯސިއޭޓް މެމްބަރ ( ކްލަބް ) ގެ ތެރެއިން މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2020/07 ގައިވާގޮތަށް 2020 ވަނަ އަހަރަށް ފީ ދައްކާފައިވާ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި ދެއަހަރު ތެރޭގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ މެމްބަރ ކްލަބް ތަކުގެ ތެރެއިން ފާއިތުވި ދެއަހަރު މުބާރާތްތަކުގައި ބައިވެރިވެ، އަހަރީ ޢާއްމު ޖަލްސާ ގައި ބައިވެރިވެ ވޯޓް ލުމުގެ ހައްޤު ލިބި،ޝަރުތު ހަމަވަނީ ޖުމްލަ 2 (ދޭއް) އެސޯސިއޭޓް މެމްބަރު ކްލަބް އެވެ.
- ކްލަބް ސްޓެޓިކް
- ޔުނައިޓަޑް ވިކްޓަރީ
މި ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުންގެ ލިސްޓް ތަކަކީ 03 ފެބްރުއަރީ 2020 ވީ ހޯމަދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާގައި ކޮށްފައިވާ އިޢުލާންތަކާއި އެއްގޮތަށް ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން ފާސްކޮށް އެގްޒެކެޓިވް ކޮމިޓީއިން އެންޑޯޒްކޮށްފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުންގެ ލިސްޓްކަން ދަންނަވަމެވެ.
ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. ނަންފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާބޭއްވުމުގެ 24 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.