ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)258/2020/06
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 27 ފެބުރުވަރީ 2020 13:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލަށް ބައެއްތަކެތި ގަންނަން ބޭނުންވެއްޖެ

މިކައުންސިލަށް ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

         މިކައުންސިލްގެ ބަލުމުގެ ދަށުގައިވާ މަގުބައްތިތަށް މަރާމަތުކޮށް ބެލެހެއްޓުމަށްޓަކައި  ތިރީގައިވާ ތަކެތި ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 45 މަގުބައްތި (ލެޑްލައިޓް) 50 ވޯޓް
  • 40 ފޮޓޯސެލް
  • 40 ސިންގަލް ސަރކިޓް (6 އެމްޕަޔަރ
  • 15 އީ.އެލް.ސީ.ބީ (ޓޫ ޕޯލް) 40 އެމްޕަޔަރ
  • 50 އެނާޖީ ސޭވިންގ ބޮކި (50 ވޯޓް)

             ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުއަރީ 20 އިން 2020 ފެބްރުއަރީ 27  ގެ 13:00 ކުރިން "ބީލަމްގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކައުންސިލަށް އީމެއިލް މެދުވެރިކޮށް ނުވަތަ މިކައުންސިލަށް ވަޑައިގެން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި "ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް" ފުރިހަމަކޮށް ފޮނުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް މިމަސައްކަތުގެ މަޢުލޫމާތު ޝީޓް ފޯރުކޮށް ދެވޭނެއެވެ. "ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް" މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައި އެވެނީއެވެ.

            ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 28 ވަނަ ދުވަހުގެ 11:00  މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

            މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

20 ފެބުރުވަރީ 2020