ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)318-HR/318/2020/10
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުގެ ސީ ޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތާގުޅޭ

ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ސީޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް މި އިދާރާއިން 2020 ފެބުރުވަރީ 23 ވަނަ ދުވަހުން ފެށިގެން ދެމުންގެންދާނެ އެވެ.  އަދި މި ޚިދުމަތް ދިނުމާއި ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލު 2020 ފެބުރުވަރީ 19 ވަނަ ދުވަހުގެ ބޭއްވުނު މި ކައުންސިލްގެ 3 ވަނަ ދައުރުގެ 141 ވަނަ ޖަލްސާއިން ވަނީ ފާސްކުރެވިފަ އެވެ.  މި އިޢުލާނާއި އެކު މި ޚިދުމަތްދިނުމުގެ އުޞޫލު ޢާންމުކުރަމެވެ.

ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް

-    ގަވާއިދު އިމްތިޙާނު ހެދުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ 10:00 ގައެވެ.  ގަވާއިދު އިމްތިޙާނުން ފާސްވުމުން ދުއްވުމުގެ އިމްތިޙާނު އޮންނަ ދުވަހާއި ގަޑި އެ ފަރާތަކަށް އެންގޭނެ އެވެ.

-    އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޓްރާންޕޯޓް އޮތޯރިޓީގެ ފޯމް ނަންބަރު: LL1، ފުރިހަމަކުރެއްވުމަށްފަހު ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ހަފުތާގެ އާދީއްތަދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެ އެވެ.  މި ފޯމް ޓްރާންސްފޯޓް އޮތޯރިޓީގެ ވެބް ސައިޓުންނާއި މި އިދާރާއިން ލިބެން ހުންނާނެ އެވެ.

-    ދުއްވުމުގެ އިމްތިޙާނުގައި ބޭނުންކުރާ އުޅަނދު ހޯދާނީ އެ ބައިވެރިޔަކު އަމިއްލައަށެވެ.

ޚިދުމަތަށް ނެގޭ ފީގެ ތަފްޞީލް

-    ލައިސަންސަށް އެދޭ ފޯމާއެކު -/50 ރުފިޔާގެ ރެވެނިއު ސްޓޭމްޕް

-    ގަވާއިދު އިމްތިޙާނު ހެދުމަށް -/150 ރުފިޔާ (މި ފައިސާދައްކާނީ ގަވާއިދު އިމްތިޙާނު އޮންނަދުވަހުގެ ހެނދުނު 10:00ގެ ކުރިން މި އިދާރާއަށް ދައްކަވަންވާނެ އެވެ.)

-    ދުއްވުމުގެ އިމްތިޙާނު ހެދުމަށް -/150 ރުފިޔާ

-    ގަވާއިދު އަދި ދުއްވުމުގެ އިމްތިޙާނުން ފާސްވުމުން ލައިސަންސް ފޮތް ދޫކުރެވޭނީ -/250 ރުފިޔާ މި އިދާރާއަށް ދެއްކުމުންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ފެބުރުވަރީ 2020