ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)262/262/2020/19
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 27 ފެބުރުވަރީ 2020 12:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ޕްރީސްކޫލަށް ޓީޗަރުން ހޯދުމާ ގުޅޭ

ނަންބަރު: (IUL)262/262/2020/19

 

އިޢުލާން

 

            މިއިދާރާގެ ބެލުމުގެދަށުން ހިންގަމުންގެންދާ ޕްރިސްކޫލަށް ތިރީގައިވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

ޓީޗަރ (ވަގުތީ)

ބޭނުންވާ އަދަދު: 1

 

ޝަރުތު:

ޕްރީސްކޫލެއްގައި 1 އަހަރުދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާހުރުމާއިއެކު ޕްރީސްކޫލް ދާއިރާއިން ޑިޕްލޮމާ ޙާޞިލްކޮށްފައިވުން ނުވަތަ އެޑްވާންސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން ނުވަތަ ސެޓްފިކެޓް 2 ހާސިލްކޮށްފައިވުން.

 

ޑިޕްލޮމާ ސެޓްފިކެޓަށް -/4000 ރުފިޔާގެ އެލަވަންސް، އެޑްވާންސް ސެޓްފިކެޓަށް -/3500 ރުފިޔާގެ އެލަވަންސް، ލެވެލް 3 ގެ ސެޓްފިކެޓަށް -/3500 ރުފިޔާގެ އެލަވަންސް، ލެވެލް 2 ގެ ސެޓްފިކެޓަށް -/2500 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.

ސެޓްފިކޭޓް ލެވަލްއަށް ބަލައި މަހަކު -/3500 އަށްވުރެ ކުޑަނޫން އެލަވަންސް ލިބިލައްވާނެއެވެ.

 

 

މަޤާމް:

އެސިސްޓެންޓް ޓީޗަރ (ވަގުތީ)

ބޭނުންވާ ޢަދަދު: 2

 

ޝަރުތު:

ޕްރީސްކޫލެއްގައި 1 އަހަރުދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާހުރުމާއިއެކު ޕްރީސްކޫލް ދާއިރާއިން އެޑްވާންސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން ނުވަތަ ސެޓްފިކެޓް 2 ހާސިލްކޮށްފައިވުން. ނުވަތަ ސާނަވީ އިމްތިހާނުން  2 މާއްދާއިން ދައްވެގެން ޑީފާސް ލިބިފައިވުމާއެކު ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދައްވެގެން ސީ ފާސްލިބިފައިވުން.

 

ސާރވިސް އެލަވަންސަށް މަހަކު -/3200 ރުފިޔާދެވޭނެއެވެ.

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުމާއި ، ކިޔަވައިދިނުމާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދިހުށަހަޅާ ފޯމް

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ( އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖައްސަވާ ވެރިއަކު ސޮއިކުރައްވާފައިވާ) ކޮޕީ

4. ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާއެއްގައި އުޅުނުކަމުގެލިޔުން.

މަޤާމުތަކަށް އެދޭ ފަރާތްތަކުން ސިޓީ ފޮނުވަންޖެހޭ މުއްދަތާއި ތަން:

2020 ފެބުރުއަރީ  27 ވަނަދުވަހުގެ 12:00 ގެކުރިން ކައުންސިލް އިދާރާއަށް.

 

އިންޓަވިއުއަށް ހާޟިރުވާންވީ ތަނާއި ގަޑި

        މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 1 މާރޗް 2020  އާއި  3 މާރޗް 2020  އާއި ދެމެދު، ނޮޅިވަރަންފަރު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

       ވަޒީފާއަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެވާހަކަ ދެންނެވީމެވެ

                    ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

                        19 ފެބުރުއަރީ 2020

19 ފެބުރުވަރީ 2020