މަސައްކަތް
ނަންބަރު: (IUL)269/269/2020/10
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 04 މާރިޗު 2020 11:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

                  

     ކުޑަކުދިންގެ ޕާކުހެދުމުގެ މަޝްރޫޢުގެ ދަށުން، ހދ. ވައިކަރަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ބައެއް މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

     ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

26 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 11:00

04 މާރިޗް 2020 ވާ ބުދަ ދުވަހުގެ 11:00

 

     އަދި ދަންނަވަމެވެ. މި މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާބެހޭ ގޮތުން މި ކައުންސިލުން ޢަމަލުކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

  1. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  2. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލްކުރެވޭނީ އެފަރާތް އެކަންޏެވެ. ނުވަތަ އެފަރާތް އެބައްދަލުވުމަށް ފޮނުވި ފަރާތަށް އެކަންޏެވެ.
  3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ނަމަ، ނުވަތަ ޕާޓްނަރޝިޕެއް ނަމަ، ނުވަތަ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއް ނަމަ، އެފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ހުށަހަޅުއްވަން ވާނެއެވެ.
  4. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އަންދާސީހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

     އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ފެބުރުވަރީ 2020