ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)404-ESMS/2020/4
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 03 މާރިޗު 2020 12:00
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިކިއުރިޓީ އޮފިސަރުން ހޯދުމަށް

`

ހައްދުންމަތީ ހިތަދޫ ކައުންސިލުގެ އިދާރާ

       ހިތަދޫ

     ދިވެހިރާއްޖެ

 

(IUL)404-ESMS/2020/4: ނަންބަރު

ވަޒީފާގެ ފުރުޞަތު

 

  2

އަދަދު

ސިކިއުރިޓީ އޮފިސަރ

މަޤާމް:

ވަގުތީ

މަޤާމުގެ ގިންތި:

ލ.ހިތަދޫ ކައުންސިލްގެ އިދާރާ

މަސައްކަތްކުރާތަން:

-/3100 ( ތިންހާސް އެއްސަތޭކަ ރުފިޔާ)

މުސާރަ:

-/1000 ( އެއްހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

ޑިއުޓީއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/25 ( ފަންސަވީސް ރުފިޔާ) 

ސިފްޓް ޑިއުޓީ އެލަވަންސް

 2  

ބޭނުންވާ އަދަދު:

 2 އަހަރު

ވަޒީފާގެ މުއްދަތު

 

  1. ލިޔަންކިޔަން އެގުން. (އިންޓަރވިއު ކުރާއިރު މިބައި ޓެސްޓު ކުރެވޭނެއެވެ.)
  2. އުމުރުން  18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
  3. ސިއްހީގޮތުންނާއި ނަފްސާނީގޮތުން ޝިފްޓް ޑިއުޓީގައި ސެކިއުރިޓީގެ މަސައްކަތްކުރެވޭ މީހަކު ކަމުގައިވުން
  4. ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން
  5. ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން

 

މަޤާމުގެ ޝަރުތުތައް:

  1. ލ.ހިތަދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ޑިއުޓީ އުސޫލުން ބެލެހެއްޓުން.
  2. ޑިއުޓީކުރަންޖެހޭ އިމާރާތާއި، ގޯތިތެރެއާއި، އެ ސަރަހައްދުގައިވާ ތަކެތި ބެލެހެއްޓުން.
  3. ޑިއުޓީކުރަންޖެހޭ އިމާރާތުގައި ހުންނަ އޮފީހުގެ ޚިދުމަތް ހޯދަން އަންނަ މީހުން ފިޔަވައި އެހެންމީހުން، ކަމާބެހޭ ވެރިއެއްގެ ހުއްދައެއްނެތި އެތަނަށް ނުވެއްދުން.
  4. އިމާރާތާއި ގޯތިތެރެ ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.
  5. ސެކިއުރިޓީ އޮފިސަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން.
  6. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން.

7. އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން.

 

މަޤާމުގެ މަސްޢޫލިއްޔަތު

1- ތަޢުލީމާއި ތަމްރީނު

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ވަޒީފައަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2020 މާރޗް 03 ވަނަ ދުވަހުގެ 12:00 އެވެ. ތަކެތި ހުށަހަޅާނީ، ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފައަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected]

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  1. ވަޒީފާއަށް އެދި ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމް(ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް) ( މިފޯމް، ލ.ހިތަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބް ސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. (www.csc.gov.mv)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީ.ވީ)
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒު ނުކުރާކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) އެކްރެޑިޓް ކޮށްފައިވަ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ށ) ސިވިސް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުން ކޯހެއް ފުރިހަމަ ކޮށްފައިވާނަމަ،އެ ސެޓްފިކެޓެއްގެ ކޮޕީ (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް)

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،08 މާރޗް 2020 އާއި 12 މަރޗް 2020 އާ ދެމެދު، ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ..

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ސޯޓް ލިސްޓްކުރުން:

  • އިތުރު މަޢުލޫމާތު ހޯދުމަށް 6800005 ނަންބަރު ފޯނާ ގުޅުމުން މަޢުލޫމާތު ލިބޭނެއެވެ.
  • ޕެންޝަން ފައިސާއަށް މުސާރައިގެ %7 ކެނޑޭނެއެވެ. އަދި %7 ކައުންސިލްގެ އިދާރާއިން ޕެންޝަނަށް ފަންޑަށް ޖަމާކޮށްދެވޭނެއެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލްކުރެވޭނެއެވެ.
  • ހުށަހަޅާ ސެޓްފިކެޓް /ލިޔުންތައް ހުންނަންޖެހޭނީ އެޓެސްޓް ކުރެވިފައެވެ.
  • އިންޓަރވިއުކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

ނޯޓް:

 

26 ޖުމާޛަލްއާޚިރާ 1441

 20 ފެބްރުއަރީ 2020

20 ފެބުރުވަރީ 2020