މަސައްކަތް
ނަންބަރު: (IUL)56-CAS/56/2020/9
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 02 މާރިޗު 2020 13:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

     މިކުތުބުޚާނާގައި ހުރި، ފޮތްތަކުގެ ޙާލަތު ބަލައި، ފަންގަސް އަދި ފަނި ނައްތާލުމަށްޓަކައި ފޮތްތަކަށް ޓްރީޓްމަންޓް ދިނުމާއި، އިމާރާތުގެ އެއްވެސް ތަނަކުން ކަތުރުފަނީގެ އަސަރު ކޮށްފައިވޭތޯ ބަލައި، އެތަންތަނަށް ބޭނުންވާ ޓްރީޓްމަންޓްދީ 1 އަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2020 މާރިޗު 02 ވާ ހޯމަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީ ކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީ ކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )

                                26 ޖުމާދަލްއާޚިރާ 1441

20 ފެބުރުވަރީ 2020