ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2020/19
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 26 ފެބުރުވަރީ 2020 12:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިއިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2020/16 (16 ފެބުރުއަރީ 2020) ގެ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން ޙާޟިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ 3 ވަނަ އިޢުލާނެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 26 ފެބުރުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 03 މާރޗް 2020 އަންގާރަ ދުވަހުގެ މެންދުރު 12:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

19 ފެބުރުވަރީ 2020