ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS/2020/14
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 17:32
ސުންގަޑި: 25 ފެބުރުވަރީ 2020 13:30
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާރޓްޓައިމް ލެކްޗަރަރ އެއް ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މާލެ، ދިވެހިރާއްޖެ

2020 ވަނަ އަހަރުގެ ފުރަތަމަ ޓާރމް ގައި ފެށުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް ޕަބްލިކް ހެލްތް ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ މާއްދާ، ކިޔަވައި ދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރ އެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން މިފެކަލްޓީއަށް ސިޓީފޮނުއްވުން އެދެމެވެ. ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

މާއްދާ:

އެޕިޑެމިއޮލޮޖީ   

ކިޔަވައިދޭން ޖެހޭ ގަޑީގެ ޢަދަދު:

66 ގަޑި (50 ގަޑި ލެކްޗަރ، 16 ގަޑި ޓިއުޓޯރިއަލް)

ކިޔަވައި ދޭންޖެހޭ ވަގުތު:

ބްލެންޑެޑް މޯޑަށް (ފުރަތަމަ ޓާރްމްގައި 4 ބްލޮކް، ކޮންމެ ބްލޮކެއްގައި 3 ދުވަސް، ކޮންމެ ދުވަހަކު 6 ގަޑިއިރު)

ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު:

09 ފެބުރުއަރީ  2020 އިން 04 ޖޫން 2020 އަށް (14 ހަފުތާ)

ޝަރުތު:

މާއްދާ އާއި ގުޅުންހުރި ދާއިރާގެ ޕީއެޗްޑީ އޮތުން، ނުވަތަ މާއްދާއާއި ގުޅުން ހުރި ދާއިރާއިން މާސްޓަރސް  ޑިގްރީ އޮތުމާއިއެކު،  2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1-    ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2-    ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-    ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ގައިޑްލައިން ތައްޔާރުކޮށް މާރކްކުރުން. އަދި ހުރިހާ ގަޑިތަކެއް ނަގާ ދޭންޖެހޭނީ މި ޑިޕާރޓްމެންޓުން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

-      އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

25 ފެބްރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

19 ފެބުރުވަރީ 2020