ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/SDFC-HR/2020/09
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި:
04 މާރިޗު 2020 14:00
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވް
ވަޒީފާގެ ފުރުޞަތު
މަޤާމް: ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވް
މަޤާމުގެ ބާވަތް: ދާއިމީ
ބޭނުންވާ ޢަދަދު: 1
މަޤާމުގެ ޝަރުތު:
- މަޤާމާގުޅޭ ދާއިރާއަކުން ޑިޕްލޮމަރ ޙާޞިލުކޮށްފައިވުން،
- ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 03 (ތިނެއް) މާއްދާއިން ދަށްވެގެން (ސީ) ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 01 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
- ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 04 (ހަތަރެއް) މާއްދާއިން ދަށްވެގެން (ސީ) ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 02 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ލޯނު އެޕްލިކޭޝަންސްތައް ބަލައިގަނެ ކްރެޑިޓް ޑިޕާޓްމެންޓަށް ފޮނުވުން.
- ޖެމްސް އަދި އޮފީހުގެ ކައުންޓަރަށް އަންނަ ލިޔެކިއުންތައް ބަލައިގަނެ، އެންޓަރކުރަންޖެހޭ ލިޔެކިޔުންތައް އެންޓަރކޮށް ކަނޑައެޅިފައިވާ ސެކްޝަންތަކަށް ރޫޓްކުރުން.
- އޮފީހުން ދޫކުރާ ލޯނުތަކާބެހޭ މަޢުލޫމާތާއި އަދި އޮފީހުން ދޭ އެހެނިހެން ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.
- އޮފީހަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދީ، މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެންމެ އެދެވިގެންވާ ފެންވަރެއްގައި މި ޚިދުމަތް ފޯރުކޮށްދިނުން.
- ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ޖަވާބުދީ، ކްރެޑިޓް ޑިޕާޓްމެންޓާއިގުޅިގެން އެފަދަ ޝަކުވާތައް ޙައްލުކުރުން.
- ކަސްޓަމަރުންނާގުޅޭ މަޢުލޫމާތުތައް ހޯދުމަށް ކްރެޑިޓް ޑިޕާޓްމެންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ކްރެޑިޓް އެނަލިސްޓުން ކަސްޓަމަރުންނާއެކު ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުން.
- އޮފީހަށް ޚިދުމަތް ހޯދުމަށް ނުވަތަ ބައްދަލުވުންތަކަށް އަންނަ މެހެމާނުން ރިސީވްކުރުމާއި މެހެމާންދާރީ އަދާކުރުން.
- އޮފީހުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން.
- ކަސްޓަމަރ ސަރވިސްގެ އެންމެހާ ރިކޯޑްސްތައް ބެލެހެއްޓުމާއި ފައިލް ކުރަންޖެހޭ ރިކޯޑްތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- މުޢާމަލާތް ކުރުމުގެ ހުނަރު (ދިވެހިބާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރެވޭ މިންވަރު).
- މައިކްރޮސޮފްޓް އެޕްލިކޭޝަންސް ފަރިތަކަމާއެކު ބޭނުންކުރަންއެނގޭ މިންވަރު.
- މަސައްކަތާގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.
މުސާރައާއި ޢިނާޔަތްތައް:
- 8,000ރ އާއި 9,000ރ އާއި ދެމެދު.
މަސައްކަތްކުރަންޖެހޭ ގަޑި:
- ހެނދުނު 08:00 އިން ހަވީރު 16:00 އަށް.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި).
- ވަޒީފާއަދާކުރި/ކުރަމުންދާ ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:
- އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެނގޭގޮތަށް " އެސް.ޑީ.އެފް.ސީ ގެ ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވްގެ މަޤާމަށް އެދި" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ.
- މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 04 މާރޗް 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންސިޓީ ހުށަހެޅުއްވުން އެދެމެވެ.
- އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3306999 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ހުށަހަޅަންވީ ތަން
ހ.ސަކީނާ މަންޒިލް ތިންވަނަ ފަންގިފިލާ،
މެދުޒިޔާރަތްމަގު،
މާލެ،ދިވެހިރާއްޖެ،
19 ފެބުރުވަރީ 2020