މަސައްކަތް
ނަންބަރު: (IUL)249-A/249/2020/14
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 05 މާރިޗު 2020 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ކުނިގޮނޑުގައި ޖަމާވެފައިވާ ކުނި ނަގާސާފުކުރުމުގެ މަސައްކަތާއިގުޅޭ

އިޢުލާން

ހއ. ކެލާކުނިގޮނޑުގައި ޖަމާވެފައިވާ ކުނި ނަގާސާފުކުރުމުގެ މަސައްކަތާއިގުޅޭ

                 ހއ. ކެލާ ކުނިގޮނޑުގައި ޖަމާވެފައިވާ ކުނި ނަގާސާފުކުރުމުގެ މަސައްކަތްތައް ކެލާ ކައުންސިލްގެ އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

              ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުން

02 މާރިޗް 2020

ހޯމަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

05 މާރިޗް 2020

ބުރާސްފަތި

13:00

 

              މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

              މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ފެބުރުވަރީ 23 އިން 2020 މާރިޗް 04 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

              މި މަސައްކަތުގެ މައުލޫމާތު ކަރުދާސް 23 ފެބުރުވަރީ 2020 ވަނަ ދުވަހުން ފެށިގެން ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

                     19 ފެބުރުވަރީ 2020

19 ފެބުރުވަރީ 2020