ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2020/9
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:48
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުންބަޅަ/މުށިމަސްގަނޑަށް ގެއްލުން ދިނުން މަނާކުރުމާ ގުޅޭ

                   ޤާނޫނު ނަންބަރު 5/87 ( ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓރީ އޮފް ފިޝަރީޒް ،އެގްރިކަލްޗަރ އެންޑް މެރިން ރިސޯސް އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހެދިފައިވާ މަސްވެރިކަމާ ބެހޭ ޤަވާއިދުގައި ބަޔާންކުރާ މަސްވެރިކަން ކުރުމުގައި މަނާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ރަށްރަށަށް ވަދެފައިފައިވާ މުށިމަސްގަނޑުގައި ދާޖެހުމާއި، މަސްވިއްދުމާއި، އަދި މަސްތަކަށް ގޯނާވާފަދަ އެންމެހާ ކަންކަން ކުރުން ހިމެނޭކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

                  ވީމާ މުށިމަސްގަނޑަށް ގޯނާވާފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ނަޞޭޙަތްތެރިވަމެވެ.

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2020