ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2020/23
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 27 ފެބުރުވަރީ 2020 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުން ވެއްޖެ

 

                                                      ނަންބަރު: IUL)120/1/2020/23)

 

އިޢުލާން

 

ވަގުތީ މުވައްޒަފުން ބޭނުން ވެއްޖެއެވެ.

 

މަޤާމް

ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

ދިވެހިބަސް      1

އިސްލާމީ ތަރުބިޔަތު 1

ޢުޖޫރަ:

12,000.00ރުފިޔާ  

މުއްދަތު:

2020 މާރިޗު 04 ން 19 ށް

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު ޤައުމީ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މޮކް އެގްޒޭމްޕޭޕަރު ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

 މިޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން ނުވަތަ

މި ޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ ޕޭޕަރު ސެޓްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވުން.

2. ސާނަވީ ސްކޫލެއްގައި މަސައްކަތްކުރާ މީހަކަށް ނުވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ދެވޭ ސްޕެސިފިކޭޝަނާ އެއްގޮތަށް ސުވާލުކަރުދާހާއި މާކިންގ ސްކީމް ތައްޔާރުކުރުން

މަސައްކަތުގެ ވަގުތު

  • ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ން 14:00 ށް

                    14:00 ން 16:30 ށް

 

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

-          ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ ޢަމަލީ ތަޖުރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން،  އެންމެމަތިން މާކުސް ލިބޭފަރާތްތަކުގެ ތެރެއިން.

-          ދެފަރާތެއްގެ މާކުސް ހަމަހަމަ ވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަވިއު ކޮށްގެންނެވެ.

-          މި ޑިޕާޓްމަންޓުން ކަނޑައަޅާ ވަގުތުތަކުގައި މަސައްކަތް ކުރެވޭނެ މީހުނަށް އިސްކަން ދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ވެބްސައިޓުން www.dpe.edu.mv   އިން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، އެޓެސްޓް ކޮށްފައި ( 2018 ވަނަ އަހަރުން ފެށިގެން މި ޑިޕާޓްމަންޓަށް ތަޢުލީމީ ސެޓްފިކެޓްތައް ހުށަހަޅާފައިވާ ފަރާތްތައް އަލުން ހުށަހަޅާކަށް ނުޖެހޭނެ)

ނ- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ .

 ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް.

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

       25 ޖުމާދަލްއާޚިރާ 1441

       19 ފެބުރުވަރީ   2020

19 ފެބުރުވަރީ 2020