ދިވެހިރާއްޖެ
އިޢުލާން
ތާރީޚް: |
19 ފެބުރުއަރީ 2020 |
ނަންބަރު: |
(IUL)367/367/2020/22 |
އަންދާސީ ހިސާބު ބޭނުންވެއްޖެ |
މ.ކޮޅުފުށީ މަގުބައްތި ޕްރޮޖެކްޓަށް ބޭނުންވާ ހޮޅިދަނޑިތަށް ހަރުކުރުމާއި ކޭބަލް ގުޅައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކަށް މި އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކައުންސިލްގެ ޖަލްސާކުރާ މާލަމް |
23 ފެބްރުއަރީ 2020 |
އާދީއްތަ |
14:00 |
ބިޑް ހުށަހެޅުން |
ކައުންސިލްގެ ޖަލްސާކުރާ މާލަމް |
26 ފެބްރުއަރީ 2020 |
ބުދަ |
14:00 |
ކޮންމެ ފަރާތަކަށްވެސް މައުލޫމާތު ސާފުކޮށް އަދި ބިޑުހުށަހެޅޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން ފަރާތއްގެ ބަދަލުގައި ބައިވެރިވާނަމަ އެފަރާތް ތަމްޞީލް ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިއެއް ނުވެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.