ކުއްޔަށް ދިނުން
ނަންބަރު: (IUL)383/383/2020/16
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 26 ފެބުރުވަރީ 2020 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ބިމުގެ ހުޅަނގުން ގާޑިޔާވިޔަފާރިއަށް ބިން ދޫކުރުން

މިރަށުގެ ބަނދަރު ދެކުނުން، ތެޔޮބިމުގެ ހުޅަނގުން  ގާޑިޔާވިޔަފާރި ކުރަން އެދޭ ފަރާތްތަކަށް 500 އަކަފޫޓްގެ ދެބިން، ވަގުތީ ބިންތަކެއްގެ ގޮތުގައި ކުއްޔަށް ދޫކުރުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާގުޅޭ ބީލަން ކަރުދާސް 2020 ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 09:00 ން ފެށިގެން 2020 ފެބްރުއަރީ 26 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.

ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2020 މާރޗް 03 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްފަރާތަކަށް 2ބިން ދޫނުކުރެވޭނެއެވެ.

ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ  ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ފެބުރުވަރީ 2020