ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2020/8
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:44
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ޤުރުއާން ކުލާހުގައި ބައިވެރިވުމާގުޅޭ

މި އިދާރާއިން ޤުރުއާން ކުލާހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާ ކުރެވުނު، ނަންބަރު (IUL)259/2020/6  ޢިއުލާނަށް އެކަށީގެންވާ މިންވަރަށް ތަރުޙީބު ލިބިފައި ނުވާތީ، މި އިދާރައިން ހިންގުމަށް ހަމަޖެހިފައިވާ ޤުރުއާން ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު މުއްދަތެއް ނެތް ގޮތަށް ހުޅުވާލައިފީމެވެ. ވީމާ ޤުރުއާން ކުލާހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން، ކައުންސިލު އިދާރާއަށް ދުރުވެ ނުވަތަ ކައުންސިލު އިދާރާގެ ފޯން 6520027 ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2020