މުބާރާތް
ނަންބަރު: (IUL)430-DBA-T/430/2020/6
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 21:11
ސުންގަޑި: 05 މާރިޗު 2020 01:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ ޤައުމީ ތާރީޚު ސުވާލު މުބާރާތް (3)

2020ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިވުމުގެ ދޮރު މިހާރު ވަނީ ހުޅުވައިލައިފައެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އިސްކޫލުތަކަށާއި، ކޮލެޖް/ޔުނިވަރސިޓީތަކަށެވެ. އިސްކޫލުތަކުގެ ބައި ބަހައިލައިފައި ވަނީ 4 އުމުރު ފުރާއަކަށެވެ. އެއީ:-

(1) އިބްތިދާއީ ގިންތި

(2) ދަށު ސާނަވީ ގިންތި

(3) ސާނަވީ ގިންތި

(4) މަތީ ސާނަވީ ގިންތި

 

އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ

ޤައުމީ ތާރީޚު ސުވާލު މުބާރާތް (3)ގައި ބައިވެރިވުން

(1) އިބްތިދާއީ ގިންތި (ކީ ސްޓޭޖު 2 ގެ ގްރޭޑް 5 އަދި 6):

 އިބްތިދާއީ ގިންތީގައި ބައިވެރިވެވޭނީ 2020 ޑިސެންބަރު 31ގެ ނިޔަލަށް 11 އަހަރު ފުރޭ އަދި 2020 ޑިސެންބަރު 31ގެ ނިޔަލަށް 13 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

(2) ދަށު ސާނަވީ ގިންތި (ކީ ސްޓޭޖު 3):

ދަށު ސާނަވީ ގިންތީގައި ބައިވެރިވެވޭނީ 2020 ޑިސެންބަރު 31ގެ ނިޔަލަށް 13 އަހަރު ފުރޭ އަދި 2020 ޑިސެންބަރު 31ގެ ނިޔަލަށް 15 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

(3) ސާނަވީ ގިންތި (ކީ ސްޓޭޖު 4):

ސާނަވީ ގިންތީގައި ބައިވެރިވެވޭނީ 2020 ޑިސެންބަރު 31ގެ ނިޔަލަށް 15 އަހަރު ފުރޭ އަދި 2020 ޑިސެންބަރު 31ގެ ނިޔަލަށް 17 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

(4) މަތީ ސާނަވީ ގިންތި (ކީ ސްޓޭޖު 5):

މަތީ ސާނަވީ ގިންތީގައި ބައިވެރިވެވޭނީ 2020 ޑިސެންބަރު 31ގެ ނިޔަލަށް 17 އަހަރު ފުރޭ އަދި 2020 ޑިސެންބަރު 31ގެ ނިޔަލަށް 19 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

(5) މި މުބާރާތުގައި ދަރިވަރުން ބައިވެރި ކުރަން ވާނީ ކޮންމެ އިސްކޫލަކުން އުމުރު ފުރައެއްގައި 3 ދަރިވަރުންނެވެ. ބަދަލު ދަރިވަރުންގެ ގޮތުގައި 2 ދަރިވަރެއްގެ ނަން ހުށަހެޅިދާނެއެވެ. 

(6) ކޮލެޖް/ޔުނިވަރސިޓީތަކުން ބައިވެރިވާއިރު ކޮލެޖް/ޔުނިވަރސިޓީ/އިންސްޓިޓިއުޓް/އެކެޑަމީގެ ނުވަތަ އެ ތަނެއްގައި ހިމެނޭ ފެކަލްޓީ/ސެންޓަރ ފަދަ ބައެއްގެ ގޮތުގައި ވެސް ބައިވެރި ވެވިދާނެއެވެ. ނަމަވެސް އެއް ބައިވެރިއަކަށް ދެ ޓީމެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.

(7) ކޮންމެ ކޮލެޖް/ޔުނިވަރސިޓީއަކުން ވެސް ބައިވެރި ވެވޭނީ 3 ފަރާތަކަށެވެ. އަދި ބަދަލު ބައިވެރިންގެ ގޮތުގައި ދެ ފަރާތެއްގެ ނަން ހުށަހެޅިދާނެއެވެ.

(8) މި މުބާރާތުގައި ބައިވެރިވާން އެދޭ އިސްކޫލް، ކޮލެޖް/ޔުނިވަރސިޓީތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ފޯމާ އެކު މުއްދަތު ހަމަ ނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

(9) މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ދިވެހިބަހުގެ އެކެޑަމީގެ އިސްތިގުބާލަށް ނުވަތަ  [email protected]  ހުށައެޅުއްވިދާނެއެވެ.

 

މުބާރާތަށް ތަކެތި ހުށައެޅުމުގެ ސުންގަޑި 

އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ 2020 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ 13:30އެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި، ގަވާއިދާއި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ވެބްސައިޓުން (www.dhivehiacademy.edu.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން މި އެކެޑަމީގެ ނަންބަރު 3028000 ފޯނާ ގުޅުން އެދެމެވެ.

18 ފެބުރުވަރީ 2020