އިޢުލާން
|
މަޤާމް:
|
ޕްރޮޖެކްޓް އާކިޓެކްޓް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ކޮންޓްރެކްޓްގެ މުއްދަތު
|
1 އަހަރު (މީލާދީ)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އަމީނީމަގު، މާފަންނު / މާލެ)
|
މުސާރަ އާއި އިނާޔަތްތައް:
|
- މިމަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް މުސާރައިގެ ގޮތުގައި -/20،000 ރުފިޔާއާ 25,000/- ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިމަޤާމުގެ މަސްއޫލިއްޔަތުތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ފެބުރުވަރީ 26 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަންއާ އެކު ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑު ކޮޕީ (މުއްދަތުހަމަނުވާ)، އެކްރެޑިޓް ކުރެވިފައިވާ ތައުލީމި ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް އަދި މަސައްކަތުގެ ތަޖުރިބާއާ ޤާބިލްކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ހުށަހާޅާނެ ގޮތުގެ އިތުރު ތަފްޞީލް ޓީ.އޯ.އާރްގައި ހިމެނިފައިވާނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004340 / 3004342 ފެކްސް:3004301
އީ-މެއިލް: [email protected]
ވެބްސައިޓް: www.housing.gov.mv
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
24 ޖުމާދަލްއާޚިރާ 1441
18 ފެބުރުވަރީ 2020
|