ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-AD&HR/1/2020/13
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 26 ފެބުރުވަރީ 2020 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް މުދައްރިސް (ޏ.ފުވައްމުލަކު ގޮފި)

އިޢުލާން

 

މަޤާމް:

ރިސޯސް މުދައްރިސް.

ކިޔަވައިދޭ މާއްދާ:

معاني بعض سور القرآن ( ޤުރްއާންގެ ބައެއް ސޫރަތްތަކުގެ މާނަ )  

ބޭނުންވާ އަދަދު:

 01 ( އެކެއް )

މަޤާމުގެ ޝަރުތު:

  1. އިސްލާމީ ޝަރީޢާ ނުވަތަ ޝަރީޢާ އެންޑް ލޯ ނުވަތަ ދިރާސާތު އިސްލާމިއްޔާ ނުވަތަ އުޞޫލުއްދީން ފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތެއް ކަމުގައިވުން،
  2. ޢަރަބި ބަސް އެނގޭފަރާތެއް ކަމުގައި ވުން.

މަޤާމް:

ރިސޯސް މުދައްރިސް.

ކިޔަވައިދޭ މާއްދާ:

الإعجاز العلمى للقرآن الكريم  (އިޢުޖާޒިލް ޢިލްމީ ލިލްޤުރްއާނިލް ކަރީމް)

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ޝަރުތު:

  1. އިސްލާމީ ޝަރީޢާ ނުވަތަ ޝަރީޢާ އެންޑް ލޯ ނުވަތަ ދިރާސާތު އިސްލާމިއްޔާ ނުވަތަ އުޞޫލުއްދީން ފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތެއް ކަމުގައިވުން،
  2. ޢަރަބި ބަސް އެނގޭފަރާތެއް ކަމުގައި ވުން.

މަޤާމް:

ރިސޯސް މުދައްރިސް.

ކިޔަވައިދޭ މާއްދާ:

علم النفس التربوي ( ތަރުބަވީ ނަފްސާނީ ޢިލްމް )

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ޝަރުތު:

  1. ކިޔަވައިދިނުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތެއް ކަމުގައިވުން. ނުވަތަ ގުޅޭދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމް:

ރިސޯސް މުދައްރިސް.

ކިޔަވައިދޭ މާއްދާ:

أصول التربية الإسلامية ( އުސޫލުއް ތަރުބިއްޔާ އަލްއިސްލާމިއްޔާ )

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ޝަރުތު:

  1. ކިޔަވައިދިނުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތެއް ކަމުގައިވުން. ނުވަތަ ގުޅޭދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމް:

ރިސޯސް މުދައްރިސް.

ކިޔަވައިދޭ މާއްދާ:

ކޮމްޕިއުޓާރ

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ޝަރުތު:

  1. ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވާ ފަރާތެއް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

1 އަހަރު.

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު / ޏ. ފުވައްމުލަކު ގޮފި

މުސާރަ:

އެމް. އެން. ކިޔު. އެފް ލެވެލް 3، 4، 5، ނުވަތަ 6 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް -/150 ރުފިޔާ.

އެމް. އެން. ކިޔު. އެފް ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް      -/200 ރުފިޔާ.

އެމް. އެން. ކިޔު. އެފް ލެވެލް 9 ނުވަތަ 10 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް    -/350 ރުފިޔާ.

މައިގަނޑު މަސައްކަތް:

ޏ. ފުވައްމުލަކު މަރްކަޒުގައި ލެވެލް ކްލާސްތަކަށް ކިޔަވައިދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ރިސޯސް) (މި ފޯމް އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  1. (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  2. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  3. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  5. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

    ވަޒީފާއަށް އެދޭ ފޯމު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nchq.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ނުވަތަ ޏ. ފުވައްމުލަކު ކައުންސިލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

އީ-މެއިލް އެޑްރެހަކީ، [email protected]އެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހާއި 26 މާރިޗު 2020 ވާ ބުރާސްފަތި ދުވަހާއި ދެމެދު، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރްކަޒުން ކަނޑައަޅާ ތަނެއްގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3019300 ، 3019319) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

18 ފެބުރުވަރީ 2020