މަސައްކަތް
ނަންބަރު: (IUL)KH/KH/2020/1
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 25 ފެބުރުވަރީ 2020 13:00
ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ކުޑަކުދިންގެހިޔާގެ ބަދިގެ އަދި މެސްރޫމްގައި ހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

            މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ކުޑަކުދިންގެހިޔާގެ ބަދިގެ އަދި މެސްރޫމްގައި ހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:00 ގައި، ވިލިމާލެ، ކުޑަކުދިންގެހިޔާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ވިލިމާލެ، ކުޑަކުދިންގެހިޔާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް، ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3027640 އާއި ގުޅުއްވުން އެދެމެވެ.   

 

18 ފެބުރުވަރީ 2020