ދެންނެވުން
ނަންބަރު: (IUL)281-ESMS/INDIV/2020/3
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 25 ފެބުރުވަރީ 2020 12:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘުން ހޯދުން


މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ

ށ.ކޮމަންޑޫ، ދިވެހިރާއްޖެ

އިޢުލާން

 1441 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘުން ހޯދުން

           1441 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއްރަހީމްއާއި، މަސްޖިދުއްޛިކުރާ މިސްކިތުގައި އިމާމްވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ 2 ޙާފިޘުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބުރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 12.00ގެ ކުރިން ސިޓީއާއިއެކު މިމަސައްކަތް ކޮށްދެއްވިދާނެ އަގު ( ކޯޓޭޝަން ) މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށްވެސް ލިޔުން ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. މެއިލްކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6540027 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ. ތިރީގައިވާ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

1-    ހާފިޘުންގެ ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި،އެބުރި ޤައުމަށް ފޮނުވުމުގެ ޢަދަދު )

2-    މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދުއާއި އަދި ރަށަށް ފޮނުވުމާއި އެބުރި މާލެ ދިއުމުގެ ޚަރަދު

3-    ވިސާ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދަޢުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރުން

4-    ހުށަހަޅާ ފަރާތުގެ ނަން ، ގުޅޭނެ ނަމްބަރު، އައިޑީކާޑު ކޮޕީ، ( ކުންފުންޏެއްނަމަ ރަޖިސްޓްރީ ކޮޕީ )

5-    ތަޖުރިބާ ލިޔުން އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ

ނޯޓް: ހާފިޘުން ގެނައުމުގައި ދިވެހި ހާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

24 ޖުމާދަލްއާޚިރާ  1441

18 ފެބުރުވަރީ 2020