ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2020/18
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 22:10
ސުންގަޑި:
27 ފެބުރުވަރީ 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ.މާކުރަތު ކައުންސިލްގެ ޤުރުއާން މުބާރާތް 2020 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
އިޢުލާން
ރ.މާކުރަތު ކައުންސިލްގެ ޤުރުއާން މުބާރާތް 2020
2020 ވަނަ އަހަރުގެ ކައުންސިލް ޤުރުއާން މުބާރާތް 20 މާރޗް 2020 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަދި މި އިޢުލާނާއެކު މުބާރާތުގެ މުޤައްރަރު ޢާންމު ކުރީމެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ޖުމާދަލްއާޚިރް 1441
12 ފެބުރުވަރީ 2020