ނޫސްބަޔާން
ނަންބަރު: MTDC/2014/CR/IUL-102
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 12:33
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
ހެރެތެރެ އައިލެންޑް ރިސޯޓުގެ ލީސް ހޯލްޑްރައިޓްސް ވިއްކާލުން

ނޫސް ބަޔާން

 މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 8 ޑިސެންބަރު 2013 ވަނަ ދުވަހު ނިންމަވާފައިވާ ގޮތުގެމަތިން 18 ޑިސެންބަރު 2013 ވަނަ ދުވަހު ހެރެތެރެ އައިލެންޑް ރިސޯޓު ވިއްކާލުމަށް އާންމުކޮށް ކުރެވުނު އިޢުލާނާވިދިގެން، ބިޑުހުށަހެޅުއްވި ހަތަރު ފަރާތުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅުއްވައި ބިޑު ކާމިޔާބު ކުރެއްވި ސިންގަޕޫރުގެ ކޭނަރީޒްސް ޕުރައިވެޓް ލިމިޑެޓަށް 33،333،333 (ތެއްތިރީސް މިލިޔަން ތިންސަތޭކަ ތިރީސް ތިންހާސް ތިންސަތޭކަ ތިރީސްތިނެއް) އޫޔެސް ޑޮލަރަށް، 31 މާރިޗު 2014 ވަނަދުވަހު ހެރެތެރެ އައިލެންޑް ރިސޯޓުގެ ލީސް ހޯލްޑްރައިޓްސް ވިއްކާލެވިފައިވާވާހަކަ އެންމެހައި ޙިއްސާދާރުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ. އަދި މިރިސޯޓާގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނު މިހާރު އެ ބޭންކަށް ދައްކައި ހަލާސްކުރެވިފައިވާ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

31 މާރިޗު 2014