ދިވެހިރާއްޖެ
ނަންބަރު: IUL)345-CAA/345/2020/9)
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު.
މަސްޖިދުލްފަލާހު މިސްކިތު ގޯތީގައި ފާޚާނާއެއްހަދާދޭނެ ފަރާތެއް ހޯދުން.
މަސްޖިދުލްފަލާޙު މިސްކިތު ދެކުނު އަންހެނުން ނަމާދު ކުރުމަށް ހަދާފައިވާބަޔާ އިންވެގެން ފާޚާނާ އަކާ،
ވުޟޫކުރާ އިސްކުރުބަރިއެއް ހެދުމަށްވަނީ ބޭނުން ވެފައެވެ.
ބިޑްރަޖިސްޓަރީކުރުން.
ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އއ.މާޅޮހު ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
ރަޖިސްޓަރީ ކުރިއަށްދާނީ އިޢުލާނު ކުރެވޭދުވަހުން ފެށިގެން 23 ފެބުރުއަރީ 2020 އާއިދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:00އާއިދެމެދު ގައެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާފަރާތްތަކަށް ބީލަން ހުށަހެޅުމުގެފުރުޞަތު ނޯންނާނެވަހަކަ ދެންނެވީމެވެ.
ޕްރީބިޑްބައްދަލުވުން.
މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 ފެބުރުއަރީ 2020(ހޯމަ) ދުވަހުގެ 10:30ގައި އއ. މާޅޮހު ކައުންސިލް އިދާރާގައެވެ.
ބިޑްހުޅުވުން.
މިމަސައްކަތުގެ ބިޑްހުޅުވުން އޮންނާނީ 27 ފެބުރުއަރީ 2020 (ބުރާސްފަތި) ދުވަހުގެ 10:30 ގައި ބިޑްހުށަހަޅާ ފަރާތުގެ ޙާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން.
މިމަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 26 ފެބުރުއަރީ 2020 (ބުދަ) ދުވަހުގެ 11:00ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ، އިޢުލާނު ކުރީމެވެ.