މަސައްކަތް
ނަންބަރު: C15C-A/2020/06
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 05 މާރިޗު 2020 10:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ބައިގެ ސްޓޭޖާއި ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

    ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާބައިގެ ސްޓޭޖާއި، އަދި ބެކްޕެނަލް ހެދުމުގެ މަސައްކަތް އެކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތަށް ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/03 (04 އޭޕްރީލް 2019) އިޢުލާން ބާޠިލުކޮށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

    ވީމާ ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާބައިގެ ސްޓޭޖާއި، އަދި ބެކްޕެނަލް ހެދުމުގެ މަސައްކަތް އެކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ 2020 ދުވަހުގެ 10:00 އަށް ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކޯޓުންދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540637 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 05 މާރޗް 2020 

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓު

17 ފެބުރުވަރީ 2020