މަސައްކަތް
ނަންބަރު: (IUL)322-EP/322/2020/21
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:14
ސުންގަޑި:
24 ފެބުރުވަރީ 2020 09:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޫދުވިނަ ނަގަން ބޭނުންވެއްޖެ
މިރަށު ފަޅުތެރެއިން މޫދުވިނަ ނަގަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ ހެދުނު 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ހޯއްދެވުމަށްފަހު 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 09:30 އަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފާއިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕްރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީތައް.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
16 ފެބުރުވަރީ 2020