ދިވެހިރާއްޖެ
މިއިދާރާއިން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ ބޭފުޅުން ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.
- ބޭނުންވާ އަދަދު: 04 ( 01 ފިރިހެން، 03 އަންހެން )
ތުލުސްދޫގައި މަސައްކަތް ކުރާނެ 1 އަންހެން އަދި 1 ފިރިހެން އެގްޒަމިނަރުން
ކާށިދޫގައި މަސައްކަތް ކުރާނެ 2 އަންހެން އެގްޒަމިނަރުން
ޝަރުތު
- ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.
- ޢުމުރުން 55 އަހަރު ނުވުމާއިއެކު ރަނގަޅު ޞިއްޙަތެއްގައި ހުރުން.
- ޑްރައިވިންގ ސްކޫލަކާއި އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.
- އުޖޫރަ: A,A1 ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ 15/-ރ. (ފަނަރަ ރުފިޔާ)
- އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ 25/- ރުފިޔާ.
އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސަންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސަންސްގެ މުއްދަތަށާއި، އަދި ގިނަ ވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. މިގޮތުން އެގްޒަމިނަރުން ހޮވުމުގައި މިއިދާރާއަށް ފެނިއްޖެނަމަ ކުރިމަތިލާފަރާތްތަކާއި އިންޓަވިއު ކުރެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2020 ފެބުރުއަރީ 24 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން މިއިދާރާއިން ދޫކުރާފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.