ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2020/08
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 16:12
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ ޢާންމު ޖަލްސާގެ ދަޢުވަތު

 

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ، 28 ފެބްރުއަރީ 2020 ވާ ހުކުރުދުވަހުގެ ރޭގަނޑު 8:00 ގައި ޤިޔާޞުއްދީން ސްކޫލްގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ބާ ކައުންސިލުގެ އެންމެހާ މެންބަރުންނަށް އަންގައި، މި ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.  

މި ޖަލްސާގެ އެޖެންޑާގައި ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ބާ ކައުންސިލުގެ ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ރިޕޯޓު ފާސްކުރުމާއި އަދި ޢާންމު މެންބަރުންގެ ފަރާތުން ހުށަހަޅާ ކަންކަން މަޝްވަރާކުރުމާއި ގޮތެއް ނިންމަންޖެހޭކަންކަމުގައި ކުރިއަށްދާނޭ ގޮތްތައް ކަނޑައެޅުން ހިމެނޭނެއެވެ.   

އެހެންކަމުން، މި ޖަލްސާގެ އެޖެންޑާގައި ޢާންމު މެންބަރުން ހިމަނަން ބޭނުންވާ ކަންކަން 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބާ ކައުންސިލްގެ [email protected] އަށް އީމެއިލް މެދުވެރިކުރައްވައި ހުށަހެޅުއްވުން އެދެމެވެ.

13 ފެބުރުވަރީ 2020