ދިވެހިރާއްޖެ
މިރަށު ހުދާމިސްކިތުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުންކުރި ހަތަރުވަނަ ފަހަރަށް ކުރި ނަންބަރު: (IUL)340/340/2019/63 (29 ޑިސެންބަރު 2019) އިޢުލާނާއިގުޅިގެން ހުށަހެޅި ހުށަހެޅުންތައް އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތައް ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު ނަންބަރު: 2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2020 ފެބްރުވަރީ 13 އިން 2020 ފެބްރުވަރީ 25 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ މި ކައުންސިލަށް ރަސްމީގަޑީގައި ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީދޫކުރެވޭނީ 48ރ (ސާޅީސްއަށް ރުފިޔާ) ދެއްކުމުންނެވެ. އީމެއިލުން ރެޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ހުށަހަޅާފަރާތުގެ ނަމާއި ކުންފުނި (ވިޔަފާރި/ޕާރޓްނަރޝީޕް)ގެ ނަމާއި ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2020 ފެބްރުވަރީ 13 އިން 2020 ފެބްރުވަރީ 25 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2020 ފެބްރުވަރީ 26 ވަނަ ދުވަހުގެ 9:40 ގައި މި އިދާރާގައެވެ. އަދި ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2020 މާރިޗު 03 ވަނަ ދުވަހުގެ 9:40 ގައި މި އިދާރާގައެވެ.