ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)399-CA/399/2020/11
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 26 ފެބުރުވަރީ 2020 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަމު ކުނިމެނޭޖް ކުރުމުގެ ޕްރޮޖެކްޓަށް މުވައްޒަފުން ހޯދުން

އިޢުލާނު

ލ.ގަމު ކުނިމެނޭޖް ކުރުމުގެ ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއެވެ.

ޑްރައިވަރ

މަޤާމް:

02

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

ހައްދުންމަތީ ގަމު ކައުންސިލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5000.00ރ

މުސާރަ:

1000.00ރ

ސަރވިސް އެލެވަންސް:

1000.00ރ

ރިސްކް އެލެވަންސް:

  1. ކައުންސިލުން އަންގާގޮތެއްގެ މަތިން ގޭގެއިން ކުނި ކަލެކްޓްކުރުމަށް ވެހިކަލްގައި ދަތުރުކުރުން.
  2. ވެހިކަލް ދުއްވާއިރުގައާއި، ޕާކިންގ ޒޯނުގައި ވެހިކަލް ބާއްވާފައި އޮންނައިރު ގެއްލުމެއް ލިބިދާނޭ އެއްމެހައި ކަންކަމުން ރައްކާތެރިކޮށް ވެހިކަލް ބެލެހެއްޓުމުގެ އެއްމެހައި ކަންކަން ބެލެހެއްޓުން.
  3. ވެހިކަލްގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާތަކެތި މަރާމާތުކުރުމަށް އިދާރާގެ ކަމާބެހޭ ވެރިންނަށް ހުށަހަޅައި އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން އެކަންކަން ރަނގަޅުކުރުން.
  4. ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑިތަކުގައި އިދާރާއިން އަންގާގޮތެއްގެ މަތިން އިދާރާގެ މަސައްކަތުގައި ބައިވެރިވުން.
  5. ކޮންމެދުވަހަކު މަސައްކަތް ނިމުމުން ވެހިކަލް ދޮވެ ސާފުކުރުން.
  6. ވެހިކަލް ސްޓާރޓް ކުރުމުގެ ކުރިން ތެލާއި ފެން ހަމަތޯ ޗެކްކުރުން.
  7. އަޑީތެޔޮ ބަދަލުކުރަން ޖެހޭ މުއްދަތުގައި ތެޔޮ ބަދަލުކުރުމާއި ސާރވިސް ކުރުން.
  8. ވެހިކަލް ދަތުރުތަކުގެ ލޮގް ބެލެހެއްޓުން.
  9. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ގްރޭޑް 5 ނިންމާފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.

2-      C1 އަދި C2 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުން.

3-      އުމުރުން 60 އަހަރު ނުފުރޭ މީހަކަށް ވުން.

4-      ގިނަވަގުތު މަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ވުން.

މަޤާމުގެ ޝަރުޠުތައް:

މަސައްކަތު

މަޤާމް:

05

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

ހައްދުންމަތީ ގަމު ކައުންސިލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5000.00ރ

މުސާރަ:

1000.00ރ

ރިސްކް އެލެވަންސް:

  1. ގޭގޭން ކުނި ކަލެކްޓްކުރުން.
  2. ވަގުތީ ކުނިކޮށިތައް ބެލެހެއްޓުން.
  3. ކާދު ތައްޔާރުކުރުން.
  4. ކުނިކޮށީގެ ވިނަނޯޅާ ސާފުކުރުން.
  5. ކޮންމެ ދުވަހަކު މަސައްކަތް ނިމުމުން މަސައްކަތު ސާމާނު ދޮވެ ސާފުކުރުން.
  6. ކުނި މެނޭޖްކުރުމާގުޅޭ އެއްމެހައި މަސައްކަތް ކުރުން.
  7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގްރޭޑް 5 ނިންމާފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.

މަޤާމުގެ ޝަރުޠުތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ފެބުރުވަރީ 2020 ގެ 14:00 ގެ ކުރިން، ހައްދުންމަތީ ގަމު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ފެބުރުވަރީ 2020 އާއި 05 މާރިޗް 2020 އާ ދެމެދު، ހައްދުންމަތީ ގަމު ކައުންސިލް އިދާރާ ގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

13 ފެބުރުވަރީ 2020