މަސައްކަތް
ނަންބަރު: (IUL)376/376/2020/6
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 20 ފެބުރުވަރީ 2020 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ދ.ބަނޑދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

            ދ.ބަނޑިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ((IUL)376/141/2020/1  އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.  

            މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީ ހިސާބު ހުށަހެޅުން

20ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާގެ ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760045  ނަމްބަރ ފޯނާއެވެ.

13 ފެބުރުވަރީ 2020