މަސައްކަތް
ނަންބަރު: Sportsco/IUL/2020/7
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 27 ފެބުރުވަރީ 2020 11:00
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބްރޯކަރެއް ހޯދުމާއި ގުޅޭ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް

      މާލެ، ދިވެހިރާއްޖެ

 

މި ކޯޕަރޭޝަންގެފަރާތުން ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކަސްޓަމް ކުލިއަރެންސް ހެދުމާއި، އެ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގުދަންކުރުމުގެ މަސައްކަތް މީލާދީ 1 (އެކެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ބްރޯކަރެއް ހޯދުމާއި ގުޅޭ.

 

މި ކޯޕަރޭޝަންގެފަރާތުން ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކަސްޓަމް ކުލިއަރެންސް ހެދުމާއި، އެ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގުދަންކުރުމުގެ މަސައްކަތް މީލާދީ 1 (އެކެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ބްރޯކަރެއް ޢައްޔަން ކުރަން ބޭނުންވެއެވެ.

 

މި މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ ކަންތައްތައް:

1-     ހުށަހަޅާ އަގަށް: %80

2-     ތަޖުރިބާއާއި، މާލީ ޤާބިލްކަމަށް: %20 (ތަޖުރިބާގެ ލިޔުންތައްބަލާނީ ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.)

 

އަންދާޒީ ހިސާބު ހުށަހެޅުމާއި ގުޅޭ:

މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2020ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި ކުންފުނީގެ އޮފީހަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 27 ފެބްރުއަރީ 2020ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އޮފީހަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

އަންދާސީ ހިސާބުތައް ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުގެ ޙާޟިރުގައި އަންދާސީ ހިސާބުތައް ކެނޑުމާއި، ހުށަހަޅާފައިވާ އަގުތައް ޙިއްސާކުރުން އޮންނާނެއެވެ. އަދި މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

13 ފެބްރުއަރީ 2020

 

13 ފެބުރުވަރީ 2020