ދިވެހިރާއްޖެ
އިޢުލާން
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 5 ހެކްޓަރ ބިންހިއްކަން އީއައިއޭ ހެދުމާއިބެހޭ؛
މިކުންފުނީގެ ދަށުން ހިންގާ ފެލިވަރު ފިޝަރީޒްކޮމްޕްލެކްސް (ޅ.ފެލިވަރު) ގެ އިރުމަތީފަރާތުން ރަށާއި ގުޅުވައިގެން 5 ހެކްޓަރުގެ ބިން ހިއްކުމަށް އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) އެއް ހަދަން ބޭނުންވެއެވެ.
މަސައްކަތުގެވެރިފަރާތް: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީލިމިޓެޑް
ރަޖިސްޓަރީކުރުން: މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ފެބްރުއަރީ 18 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން މި ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން ރަޖިސްޓަރީ ކުރައްވަންވާނެއެވެ. (ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ،)
އާރްއެފްކިޔުދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް އާރުއެފްކިޔު ދޫކުރާނީ 2020 ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2020 ފެބްރުއަރީ 23 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިފްކޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު އާރު އެފްކިޔު ލިބުމުން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2020 ފެބްރުއަރީ 23 ވާ ހޯމަ ދުވަހު ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2020 ފެބްރުއަރީ 24 ވަނަ ދުވަހުގެ 14:00 ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
އަގު ހުށަހެޅުން: އަގު ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ފެބްރުއަރީ 27 ވާ ބްރާސްފަތި ދުވަހު 14:00 އެވެ. އަގު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަގުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ހުށަހެޅި އަގުތައް ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 27 ވާ ބްރާސްފަތި ދުވަހުގެ 14:00 ގައި އަގު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަގު ހުށަހަޅާނީ މިފްކޯ ހެޑް އޮފީހަށެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3323932
ފެކްސްް: 3323935
އީމެއިލް: [email protected]
13 ފެބްރުއަރީ 2020