މަސައްކަތް
                	
                ނަންބަރު: 153-FE/2020/03
                    ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2020
                    ޕަބްލިޝްކުރި ގަޑި:  10:52
                                            ސުންގަޑި: 
                            16 ފެބުރުވަރީ 2020 13:00
                        
                    
                ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
Facilitator
                                ފެކަލްޓީ އޮފް އެޑިޔުކޭޝަން
  މާލެ، ދިވެހިރާއްޖެ.
ފެސިލިޓޭޓަރ
މިފެކަލްޓީގެ ފަރާތުން ތިރީގައި މިދަންނަވާ އައުޓްރީޗް ސެންޓަރތަކުގައި ހިންގާ ކޯސްތައް ފެސިލިލޭޓް ކޮށްދެއްވާނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.
މަސައްކަތް އޮންނަ ސެންޓަރ:
- ޏ. ފުވައްމުލަކު އައުޓްރީޗް ސެންޓަރ
 - ރ. ދުވަފަރު އައުޓްރީޗް ސެންޓަރ
 - ޅ. ނައިފަރު އައުޓްރީޗް ސެންޓަރ
 - ހއ. ދިއްދޫ އައުޓްރީޗް ސެންޓަރ
 - ފ. ނިލަންދޫ އައުޓްރީޗް ސެންޓަރ
 - ނ. ކެނދިކުޅުދޫ އައުޓްރީޗް ސެންޓަރ
 
- މުއްދަތު: 1 އަހަރު ދުވަސް
 - އުޖޫރަ: ރަމްޒީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މީލާދީ މަހަކު -/1000 (އެއްހާސް ރުފިޔާ) ޑިސެމްބަރ 2020 ފިޔަވައި
 
މަސްއޫލިއްޔަތު:
- ކްލާސްތަކަށް ކިޔަވައިދޭން މާލެއިން ދަތުރުކުރައްވާ ފާރާތްތަކަށް ކޮއްތާއި ހުރުން ހަމަޖެއްސުމުގައި އެހީތެރިވުން (ކޮއްތާއި ހުރުމަށް ހިނގާ ޚަރަދު ޔުނިވަރސިޓީއިން ދޭނެއެވެ.)
 - ކިޔަވައިދޭން ރަށަށް ދަތުރުކުރައްވާ ލެކްޗަރަރއިންނަށް އިސްތިގުބާލުކުރުމާއި، ހަމަޖެހިފައިވާ ވަގުތަށް ރަށުން ފުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމު ހަމަޖައްސައިދިނުން.
 - ކުލާސްތައް ކުރިއަށްދާއިރު ކުލާސްތައް ހިނގާ ނުހިގާގޮތް ބަލައި، ފެކަލްޓީ އިން ކަނޑައަޅާފައިވާ ގޮތަށް ކްލާސްތައް ކުރިއަށްދާކަން ކަށަވަރުކުރުން.
 - ކުލާސްތައް ކުރިއަށް ދާއިރު ބޭނުންވާ ފޮޓޯ ކޮޕީ ހެދުން، ނުވަތަ ކިޔަވައިދިނުމާ ގުޅިގެން ކުއްލިއަކަށް ދިމާވާ ކަންކަން ކިޔަވައިދޭ ލެކްޗަރަރއިންނާ ގުޅިގެން ހައްލުކުރުން.
 - ކުލާސްތަކަށް އަންނަ ދަރިވަރުންނަށް ކިޔެވުމާ ގުޅިގެން ދިމާވާ ދަތިތައް، ކޯސް ކޯޑިނޭޓަރާ ގުޅިގެން ހައްލުކުރުން.
 - ދަރިވަރުން ހާޑްކޮޕީގެ ގޮތުގައި އެސައިންމެންޓް ހުށައަޅާނަމަ އެސައިމަންޓްތަކާއި، ދަރިވަރުންގެ ކިޔެވުމާގުޅޭ ރެކޯޑްތަކާއި ލިޔުންތައް (މިސާލަކަށް ކްލާސްތަކުގެ ހާޒިރީ އާއި ބައެއް އެސެސްމެންޓް ރެކޯޑް) ފަރުވާތެރިކަމާއެކު ބަލަހައްޓައި، ކޯސް ކޯޑިނޭޓަރު އަންގަވާ ގޮތެއްގެމަތިން ފެކަލްޓީއަށް ފޮނުވުން.
 - ކޯސް ކޯޑިނޭޓަރު / ކޯޑިނޭޓަރުންގެ ލަފާގެ މަތިން ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތަކާއި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.
 - ދަރިވަރުންގެ ކޯހާ ގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް ކޯސް ހިންގާ ސަރަހައްދެއްގެ އެއްވެސް މުވައްސަސާއަކަށް ނުވަތަ ކާރު ޚާނާއަކަށް ދާންޖެހޭނަމަ، ފެކަލްޓީގެ ކޯސް ކޯޑިނޭޓަރުގެ އިރުޝާދުގެ މަތިން އެފަދަ ތަންތަނުގައި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ފުރިހަމަކުރެވޭނެ މަގު ފަހިކުރުމަށް އެހީތެރިވުން.
 - ކޮންމެ ސެންޓަރެއްގެ އިމްތިހާނުތައް ބޭއްވުމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ފެކަލްޓީގެ ލަފާގެ މަތިން ކުރުން.
 - އިސްވެދިޔަ ކަންތަކުގެ އިތުރުންވެސް ދަރިވަރުންނާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ކޯޑިނޭޓަރ/ކޯޑިނޭޓަރުންނާ ގުޅުއްވައިގެން ހައްލުކޮށްދިނުން.
 
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބްރުވަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ސިޓީ ނުވަތަ އީމެއިލް ([email protected]) ފޮނުއްވުން އެދެމެވެ.
                13 ފެބުރުވަރީ 2020