މަޤާމު:
|
އޮފީސް އެސިސްޓަންޓް
|
ރޭންކު:
|
CSC1-1
|
ކްލެސިފިކޭޝަން:
|
ސީ.އެސް.ސީ. ސަޕޯޓް އޮފިސަރސް
|
ޔުނިޓް:
|
އެޑްމިނިސްޓްރޭޝަން
|
މައިގަނޑު މަސައްކަތް:
|
ސިވިލް ސަރވިސް ކޮމިޝަނުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި އެ ފަރާތްތަކަށް ރައްދުކޮށްދިނުމާއި، ކޮމިޝަނުގެ ކާރުގެ ރަސްމީދަތުރުތައް ކުރުމާއި، ކޮމިޝަނުގެ ދިދަ ހެނދުނު 6:00 ގަ ނެގުމާއި، އިރުއޮއްސި 6:00 ގައި ތިރިކުރުމާއި، ކޮމިޝަނުގެ ކުދިކުދި މެއިންޓެނަންސް މަސައްކަތާއި އިލެކްޓްރިކް މަސައްކަތްކުރުމުގެ އިތުރުން ރަސްމީ ގަޑިއާއި ނުރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
މުސާރަ:
|
މަހަކު -/4860 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
ދުވާލަކަށް -/55 ރުފިޔާ
|
ކޮމިޝަން އެލަވަންސް:
|
މަހަކު 1701.00 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ގިންތި:
|
ދާއިމީ
|
އަސާސީ ޝަރުތު:
|
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކޮމިޝަނުގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އާއި އެހެނިހެން ތަކެތި ފަރުވާތެރިކަމާއެކު ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
- ކޮމިޝަނުގެ މުވައްޒަފުން ކުރަންޖެހޭ ރަސްމީ ދަތުރުތަކުގައި އިދާރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަނުގެ މުވައްޒަފުން ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުން.
- އޮފީހުގައި ކުރެވޭ އެހެނިހެން މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުން.
- ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތަށް އަދާކުރުން.
- ކޯޕަރޭޓް އެފެއާޒްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
- ބައްދަލުވުންތަކަށް ބޭނުންވާ ވަގުތު މީޓިން ރޫމްތައް ތައްޔާރުކުރުން
- ކޮމިޝަން ހުޅުވައި ލެއްޕުން
- ކާރު ސާފުކޮށް ބެލެހެއްޓުމާއި ކާރު ދަތުރުތައް ކުރުން
- ރަސްމީ ދިދަ ނެގުމާއި ތިރިކުރުން
- އޮފީހުގެ ސެކްޝަންތަކަށް ގެނެވޭ ބަދަލާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2020 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް އަދި ޗެކް ލިސްޓް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު އަދި ޗެކް ލިސްޓް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
- ސިވިލް ސަރވިސް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނުކުރާކަމުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
- ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2020 ފެބުރުވަރީ 23 ން 2020 މާރިޗު 5 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، 20040 /މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307356 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
|