ދިވެހިރާއްޖެ
މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
ދިއްފުށި،
ދިވެހިރާއްޖެ.
ނަންބަރު: H3C-A/2020/01
އިޢުލާން
މިކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 2020 ފެބުރުވަރީ 20 ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާއިރު ކުންފުންޏަކުން ނަމަ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ އަދި އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭގޮތުން ދޫކުރެވޭ މައުލޫމާތު ޝީޓްގައި ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ތަކެތި ހުށަނާޅާ ފަރާތްތަކުންގެންނަ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 2020 ފެބުރުވަރީ 26
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މި ކޯޓުގެ ނަންބަރު H3C-A/2019/02 ( 31 އޮކްޓޫބަރ 2019 ) އިޢުލާން ބާޠިލްކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.
18 ޖުމާދަލްއާޚިރަ 1441
12 ފެބުރުވަރީ 2020